ލޯތްބަކީ ވަރަށް އެހެން ކަހަލަ އިޙްސާސްއެކެވެ. އެހެންނަމަވެސް ކިތަންމެ ލޯބިވިޔަސް ލަޑުދޭ ފަހަރު އާދެއެވެ. ފިރިހެނުން މިކަމުގައި ކިތަންމެ ގިނަ ބަހަނާއެއް ދެއްކިޔަސް، އަންހެންވެރިން ބުނަނީ މިއީ ހަމަ އެއްތަށިން ކާތީ ފޫހިވެގެން ކުރާާ ކަމެއްކަމަށެވެ.

މިކަން ހިގާގޮތް ބަލާލުމަށް ފިރިހެން ދެތިން ރަޙްމަތްތެރިއަކާ ވާހަކަ ދައްކާލީމެވެ. އެމީހުން ވަކިވަން ޖެހުނު ސަބަބު ތިރީގައި ބަޔާން ކޮށްލާނަމެވެ.

ސަބަބު 1

“އަހަރެންގެ ލޯބިވެރިޔާ ދެކެ އަސްލު ވަރަށް ލޯބިވޭ. އެކަމަކު ޤަބޫލެއް ނުކުރަން ލޯބިވެރިޔާގެ ކުރީގެ ބޯއީފުރެންޑްއާ ވާހަކަ ދައްކަން ޖެހޭކަމަށް. އެދެމީހުންވެސް ކޮންމެސްކަމެއްދޯ އެހިންގަނީ މަށައް ނޭން. ދެން މަވެސް މަށައްވެސް އަންހެނެއް ލިބޭކަން ދަކާލީ. މަ އަންހެނަކާ ވާހަކަ ދެއްކީމަ މައްސަލައަކަށްވީ. އެކަމަކު އޭނަ އޯކޭ އޭނަގެ އެކްއާ ފުލާޓް ކުރިޔަސް. އޭތި ކަޑަވީމަ ބުރޭކްއަޕްވީ.”

ވާހަކަ ދެއްކި ފުރަތަމަ ބައިވެރިޔާ ބުރޭކްއަޕްވި ސަބަބަކަށްބުނީ ގާލްފުރެންޑް އެކްއާ ވާހަކަ ދައްކާތީއެވެ. ރަނގަޅެވެ. އެކިމީހުންގެ ވިސްނުންވެސް ތަފާތުވާނެތާއެވެ.

ސަބަބު 2 

” އަހަރެން އުޅެނީ ރިސޯޓެއްގަ. ރަށައް އާދެވެނީ ހަފްތާއަކު އެއްފަހަރު. ދެން ބިޓު ކައިރީއަށް ދާއިރު ހުންނާނެ ޖަންގަލި ހެދިގެން. އަސްލު އޭތި ކަޑަދޯ. އަހަރެނަށް އެހާލަހުން ބައްދަލު ވާއިރު، ސަޕްރައިޒްއަކަށް ތަންކޮޅެއް ރީތިވެލައިގެން އިންތިޒާރުގަ ހުންނަ ނަމަދޯ. އޭރުންދޯ އަހަރެންވެސް މިއީ އިންޕޯޓެންޓް މީހެއްކަމަށް ފީލްވާނީ. އެހެންވެ އަސްލު ވަގު ބިޓެއް ގެންގުޅެން ފެށީ. ”

ވާހަކަ ދެއްކި ދެވަނަ ބައިވެރިޔާ ބުނެފައިވަނީ އޭނާ މަކަރު ހެދީ އޭނައަށް ދޭންޖެހޭވަރަށް ސަމާލުކަން އޭނާގެ ލޯބިވެރިޔާ ނުދިނުމުންނެވެ. މިއީ މަކަރު ހަދަންޖެހޭ ސަބަބެއްކަމަށް ނިންމާާނީ ތިބޭފުޅުންނެވެ.

ސަބަބު 3

“ލޯބިވެވިގެން އުޅުނީ ބޮޑު ޒުވާބު ގުޅިއަކާ. ޒުވާބު ނުކުރާ ކަމެއް ނޯންނާނެ. އެފްބީއިން މީހަކާ ޗެޓް ކުރެވޭކަށް ނޯންނާނެ. ހަމަ ބޯ ގޮވާ އަސްލު. ދިމާވާ އެންމެންގެ ލިސްޓް ނެރެން ޖެހޭ. އަންހެން ކުއްޖަކު މަގުމަތިން ވާާހަކަ ދައްކާފިއްޔާ އެނިމުނީ. އެވަރިހަމަ ކުރީގެ ކުލާސް ކުއްޖަކަސް. ދެން ދިމާވީ ވަރަށް ސަރަކަރާތް ބޮޑު ކުއްޖަކާ، ދެން އޭނައާ ހިތާވީ.”

ތިން ވަނަ ބައިވެރިޔާއަށް ގޯސްވީ އޭނާގެ މިޒާޖެވެ. އަދި މަކަރު ހެދުމަށް ބޭނުންކުރި ބަހަނާއަކީ މިއީއެވެ.

މިއީ ފިރިހެނުން މަކަރު ހަދާކަމަށް އެމީހުން ބުނާ ތިން ސަބަބެވެ. އިތުރު ސަބަބުތަށްވެސް ދައްކަށައެވެ. އެހެންނަމަވެސް، މިއިން ސަބަބަކީ މިކަމަށް އޮތް ބަހަނާއެއްތޯ ކަޑައަޅާނީ ތިބޭފުޅުންނެވެ.