ކޮމެޑީ ރާއްޖެއަށް ތަޢާރަފްކުރި މީހަކީ ޔޫސޭއޭ ބުނެފިނަމަ އެކަމާ ދެބަސްވާނެ މީހަކު ހުންނާާނެ ހެނެއް ހިއެއް ނުވެ.  “ދިރިއުޅުމަކީ މިއީބާ؟” މިނަމުގައި ޔޫސޭ ގެނެސްދިން ސިލްސިލާ ޑްރާމާތަކަކީ ދިވެހިން ހެއްވާލި ޑްރާމާތަކެކެވެ.

“ދިރިއުޅުމަކީ މިއީބާ” އަށް ވުރެ ބޮޑު ފޭން ބޭސް އެއް ހޯދުނު ޕްރޮގްރާމެއް ނެތެވެ. މުނިފޫހި ފިލުވައިދޭން އެންމެ މޮޅީ ހަމަ ޔޫސުފް ރަފީއު (ޔޫސޭ) އެވެ. “ދިރިއުޅުމަކީ މިއީބާ”އަކީ ރޯދަ މަހަށް ޚާއްސަ ޕޮރޮގްރާމަކަށް ވީނަމަވެސް، ދިވެހިން ހެއްވާ ލުމުގައި ޔޫސޭ އެހެން މަސްމަހުގައި ފަހަތަކަށް ނުޖެހެއެވެ.

އެހެން މަސްމަހު ޔޫސޭ އަޅުގަނޑުމެންނަށް ފެނިގެންމިދަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ ވާހަކަތައް ކިޔައިދެނިކޮށެވެ. ސިޔާސީ އެކި ބޭފުޅުންނާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކާއި، ސިޔާސީ އެކި ބޭފުޅުންގެ ކެރެކްޓާތައް ޔޫސޭ ދަނީ ފޭސްބްކު ލައިވްގައި ގެނެސްދެމުންނެވެ. މީގެ އިތުރުން ސިޔާސީ މަޝްރަޙްގައި ހިގަމުންދާ ކަންކަމަށް މަޖާ ނަޒަރަކުން އަލި އަޅުވާލާ ދިވެހިން ހެއްވާ ލުމުގައި ޔޫސޭގެ މަސައްކަތަށް ހަމަސާބަހެވެ.

General Adurey (Tinu)

Posted by Yoosuf Rafeeu – USAY on Monday, 12 March 2018

ޔޫސޭގެ ހަމަ ކޮންމެ ފެނިލުމަކުން މީހުންގެ ހިތްތަކަށް އެގެންނަ މަޖާވެރިކަމަކީ އާދައިގެ ކަމެއް ނޫނެވެ.  ދިވެހިން ހެއްވުމުގައި ޔޫސޭއަކީ ހަމައެއްވަނައެވެ. ކިތަންމެ މަޖާ ވާހަކައެއް ދެއްކިނަމަވެސް އެހެރަ ފެންނަ ސީރިއަސްކަމަކީ ޔޫސޭގެ ކެރެކްޓަރގެ ރިހަގަނޑަށް އަޅާލާ މަސާލާއެކެވެ.