ހަކުރު ބަލި ދެމަފިރިކަމުގެ ގުޅުމަށް އަސަރު ކުރޭތަ؟

ހަކުރުބަލީގެ ބައެއް ވައްތަރު ޖެހުމުން ޖިންސީގުނަވަނުގައި ވަރުޖެހުން ކުޑަކޮށް ދެއެވެ. އަދި އަންހެނާ އަށް ޖިންސީއެދުމުގެ އެންމެ މަތީ ލައްޒަތާއި ހަމައަށް ވާސިލްވުމަށް ނަގާ މުއްދަތު ދެމިގެންދެއެވެ. މިދެކަމުން ދުރުހެލިވުމަށް ކަސްރަތުކޮށްގެންނާއި، ކެއުން ވަކިގޮތަކަށް ބަދަލުކޮށްގެންނާއި އަދި ގުޅަބޭސް ނުވަތަ އިންސިއުލިން ބޭނުންކޮށްގެން ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލްކުރުމަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ދޭށެވެ.

ހަކުރު ބަލި ޖިންސީ ކުޅެދުންތެރިކަމަށް އަސަރު ފޯރުވަނީ ކިހިނެއް؟

ހަކުރުގެ މިންވަރު ލޭގައި ދިގުމުއްދަތަކަށް މަތިވެގެން ދާ ހިނދު ޖިންސީ ކުޅެދުންތެރިކަމަށް އަސަރުކުރާ ފަދަ ކަންތައްތައް މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ. މިގޮތުން ޖިންސީގުނަވަނަށް އައިސްފައިވާ ނާރުގައި ފައިބަރަސް ޓިޝޫ އުފެދުން، ޖިންސީގުވަނަވަނަށް ލޭ ފޮނުވައިދޭ ލޭނާރުގައި އުނިކަމެއް ހުރުން ނުވަތަ ކުރުގެޅުން، ފަދަ ކަންތައްތައް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން ފުރިހަމައަށް ޖިންސީ ގުނަވަނުގައި ވަރުޖެހުމަށް ހުރަސް އެޅެއެވެ.

ހަކުރު ބަލި ދަރިން ލިބުމަށް ހުރަސްއަޅާ ހެއްޔެވެ؟

ވަރަށް މަދުން ނޫނީ މިއީ ނުވާކަމެކެވެ. މިކަން ދިމާވަނީ ހަކުރުބަލި ޖެހުމުން ކުރިމަތިވާ އެހެނިހެން ކަންތައްތަކުގެ ތެރެއިން ކަމެއްގެ ސިފައިގައެވެ. މިކަންކުރިމަތިވަނީ ދަރިފަނި ބޭރުނުވެ އަބުރާ މަސާނާ އަށް ދިއުމުންނެވެ. މިހާލަތުގައި އެތެރެއަށް މަނިބޭރުވެއެވެ. ނަމަވެސް ބޭރަށް ވާސިލްނުވާތީ އަނބިމީހާ ބަލިވެއެއް ނުއިންނާނެ އެވެ. މިހާލަތުގައި ކުޑަކަމުދާ ތަކެއްޗާއި އެކު މަނިތައް ބޭރުވެއެވެ.