ކަންބޮޑުވުމަކީ ޖިންސީ ބާރު ކުޑަކޮށްދޭ ކަމެކެވެ. ހަމަމިހެން ހަށިގަނޑުގެ ބާރު ކުޑަކޮށްދޭ ކަމެއް ވެސް މެއެވެ.

އެހެންކަމުން ޖިންސީ ގުޅުން ހިންގުމުގެ ތަފާތު މަރުހަލާތަކަށް ކަންބޮޑުވުމުން އަސަރު ކުރެއެވެ. މިގޮތުން ޖިންސީ އެދުންވެރިކަން ކުޑަވުން، ފުރިހަމައަށް ޖިންސީގުނަވަނުގައި ވަރުނުޖެހުން، އަދި ޖިންސީ އެދުމުގެ އެންމެ މައްޗަށް ވާސިލްނުވުން ނުވަތަ އޭގެ ކުންނަށް ވާސިލްނުވުން، އަދި މަނިބޭރުވުމަށް އުދަގޫވުން ނުވަތަ ރަގަޅަށް ބޭރުނުވުން ފަދަ ކަންތައް ކުރިމަތިވެގެން ދެއެވެ. މާބޮޑަށް ހާސްވެ ކަންބޮޑު ުވެފައިވާނަމަ އެއްގޮތަކަށް ޖިންސީ ގުނަވަނުގައި ވަރު ނުޖެހޭ ގޮތް ވެއެވެ. މާނައަކީ ޖިންސީގޮތުން ނުކުޅެދިގެންވާ މީހަކަށް އޭނާގެ ހާލަތު ބަދަލުވެއެވެ.

ކަންބޮޑުވުން ފަދަ ކަންތައް ކުޑަކުރަން ދީ އުޅޭ ބައެއް ބޭސްތަކުގެ ސަބަބުން ވެސް ނުރަގަޅު އަސަރެއް ޖިންސީ ގުޅުމަށް ފޯރުމަކީ ވެދާނެ ކަމެކެވެ. މިފަދަ ބައެއް ބޭސްތަކުގެ ސަބަބުން ރަގަޅަށް ޖިންސީ ގުނަވަނުގައި ވަރު ނުޖެހުން، އާންމުކޮށް ބޭރުވާ ވަގުތަށްވުރެ ލަހުން މަނިބޭރުވުން، ފަދަ ކަންތައް ކުރިމަތިވެއެވެ. މާއަވަހަށް މަނިބޭރުވާ މީހުންނަށް ބައެއް ފަހަރު މިކަހަލަ ބޭސް ދީ އުޅެއެވެ.