ޖެހުނުތާކު ޖެހުނު ގޮތަކަށް ނިދުމަކީ ވަރަށް އާއްމު ކަމެކެވެ. އެހެންނަމަވެސް ބޭނުންގޮތަކަށް ނިދަން އޮތުމަކީ ސިއްޙަތަށް ވަރަށް ނުރައްކާތެރި ކަމެކެވެ. މިގޮތުން ނިދަން އޮންނަންވީ ވާޔަށް ބޯލައިގެނެވެ. ސަބަބު މިއޮތީއެވެ.

މޭ ދިލަނެގުމުން ސަލާމަތްވުން

ނިދަން ވާތަށް އޮންނަނަމަ ގޮހޮރު އޮންނާނީ ކާޑިއަކް ސްޕިންޗަރ ދަށުގައެވެ. މިހެންވުމުގެ ސަބަބުން  ގޮހޮރުގެ މާއްދާތަށް ކާާނާ ހޮޅިތެރެއަށް އެޅުމުން ދުރުކޮށްދެއެވެ. އަދި މޭ ދިލަ ނެގުމުން ސަލާމަތްކޮށްދެއެވެ.

ޗަސްމެޔަށް ޖެހޭ ބަލިތަކުން ސަލާމަތްވުން

ޗަސްމެޔަށް ބަލިޖެހި ޗަސްމޭ ބަދަލު ކުރަން ޖެހުމަކީ މިހާރު އާއްމުކަމެކެވެ. ޗަސްމޭގެ އެންމެ މުހިންމެ އެއް މަސައްކަތަކީ ހަށިގަނޑުން ބޭކާރު މާއްދާތަށް ބޭރު ކުރުމެވެ. ޗަސްމޭ ރަގަނޅަށް މަސައްކަތް ކުރުމަށްޓަކައި ވާތަށް އޮވެ ނިދުމަކީ ބުއްދުވެރި ކަމެކެވެ.

މާބަނޑު މީހުން ކުރުން ރަނގަޅު ކަމެއް

ވާތަށްއޮވެ ނިދުމަކީ މާބަނޑު މީހުން ކުރުން ރަގަނޅުކަމެކެވެ. އަދި ޚާއްސަކޮށް ވިހެއުމުގެ ދުވަސްވަރާއި ގާތްކޮށް މިގޮތަށް ކަންތައް ކުރުން ބުއްދިވެރިއެވެ. ސަބަބަކީ ވާތަށް އޮވެ ނިދުމުގެ ސަބަބުން ހަށިގަނޑުގައި ރަގަނޅު ލޭ ދައުރުވުމަށް ބާރު އަޅާތީއެވެ. އަދި މިކަމުގެ ސަބަބުން ބަނޑުގައި އޮނަނ ކުއްޖާއަށްވެސް އޮކްސިޖަން ލިބުމަށް ފަސޭހަތަކެއް ލިބިގެންދެއެވެ.