އަލަށް ފެނުނު ދިރޭ ސޫއްޕަކަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕްގެ ނަމުން ނަންދީފިއެވެ.

މިގޮތަށް ނަންދީފައިވަނީ އެވެލޫޝަނަރީ ބައޮލޮޖިސްޓެއްކަމަށްވާ ވަޒްރިކް ނަޒާރީއެވެ. މިއީ އޭނާ ހޯދައިފައިވާ ސޫއްޕެކެވެ. މިސޫއްޕައް ދީފައިވާ ނަމަކީ ނިއޮޕަލްޕާ ޑޮނާލްޑްޓްރަންޕީއެވެ.

މިސޫއްޕަށް ނަންދިނުމަށްފަހު މީޑިޔާއަކަށް ދެއްވި އިންޓަރވިއުއެއްގައި އެމެރިކާގެ ރައީސް ތިމާވެއްޓަށް އިތުރު ގާތްކަމެއް ބަހައްޓަވާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

“އެމެރިކާގައި މިއޮތީ ވަރަށް ނާޒުކު ތިމާވެއްޓެއް. ޓްރަންޕް އެބަޖެހޭ ތިމާވެށި ރައްކާތެރި ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން. އަހަރެމެންގެ ތިމާވެށީގައި ދެނެ ނުގަނެވޭ ވަރަށް ގިނަ ސޫފި އެބަހުރި. އެތަކެތި އެބަޖެހޭ ދެން އަންނަން އޮތް ޖީލްތަކަށް ފޯރުކޮށްދެން”  ނަޒާކީ ސައިންސް ލައިވްއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވިއެވެ.

އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ ނަމުންވެސްވަނީ ގިނަ ދިރޭ އެއްޗެއްސަށް ނަންދީފައެވެ. މިގޮތުން އޮބާމާގެ ނަމުން ޖުމްލަ 9 ދިރޭ އެއްޗަކަށްވަނީ ނަންދީފައެވެ.

އެހެންނަމަވެސް މިފަަހަރު ވާހަކަ މޫޅިން ތަފާތެވެ.