ރެފްރިޖެނޭޓަރ އާމުވީއްސުރެ އައިސް ފެނަކީ ދިވެހިންގެ ތެރޭގައި ވަރަށް ގިނައިން ބޭނުން ކުރާ އެއްޗެކެވެ. އެހެންނަމަވެސް ސައިސްވެރިން ބުނާގޮތުގައި އައިސްފެނަކީ އެހާ ރައްކާތެރި އެއްޗެއް ނޫނެވެ. އައިސްފެނަށްވުރެ ރައްކާތެރީ ވަޅޯތާފަނާ ނުވަތަ އާދައިގެ ފިނިހޫނުމިނެއްގައި ހުންނަ ފެނެވެ.

ސައިންވެރިން މިހެން ބުނެފައިވަނީ ހެކިތަށް ދެއްކުމާއެކުގައެވެ. ތިރީގައި މިވަނީ އައިސްފެން ބުއިމުގެ ސަބުބުން ހަށިގަނޑަށް އަންނަ ބަދަލުތަކެވެ.

އައިސްފެން ބުއިމުގެ ސަބަބުން ހަށިގަނޑުގެ ފިނި ހޫނުމުން އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ހަކަތަ ބޭނުންވެއެވެ. އަދި މިކަމުގެ ސަބުބުން ކާނާ ހަޖަމް ކުރުމަށާއި ހަށިގަނޑަށް ބޭނުންވާ މާއްދާތަށް ނެގުމުގެ ބަދަލުގައި މިހަކަތަ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް ބޭނުން ކުރެވިގެންދެއެވެ. މީގެ އިތުރުން ލޭ ހޮޅިތަށް ހިމަވެ، ލޭދައުރު ވުމަށްވެސް ހުރަސް އަޅައެވެ. މިކަމުގެ ސަބުބުން ހަށިގަނޑުން ފެނުގެ ނިސްބަތްވެސް ބައެއް ފަހަރު މަދުވެއެވެ.

ކަމުން ފިނިފެން ބޮއެފިނަމަ ކާނާގައިވާ ފެޓްސް ހަރުކޮށްލައެވެ. އަދި މިކަމުގެ ސަބަބުން ފެޓްސްގެ ބައި ހަށިގަނޑު ތެރޭގައި ރަނގަޅަށް ހަޖަމް ނުވެއެވެ. އަދި މީހާ ފަލަވުމަށް ނުވަތަ ބައެއް ބަލި ބަލި ޖެހުމަށްވެސް މަގުފަހިކޮށްދެއެވެ.

ކައި ނިމިގެން ފިނިފެން ބޮއެފިނަމަ ރޯގާ ޖެހުމަށް މަގުފަހިވެއެވެ. ސަބަބަކީ ހަށިގަނޑުގެ ތެރޭގައި ހުންނަ މިއުކަސްއާއި މިތަކެތި ބައްދަލު ކުރުމެވެ.