އިގުރު ފެނަކީ އެއިން ގިނަގުނަ ފައިދާ ލިބޭ ބުއިމެކެވެ. މީގެ ތެރޭގައި މީހާގެ ބަރުދަން ލުއިކޮށްދިނުންވެސް ހިމެނެއެވެ.
މިތާންގައި މިބަލާލަނީ އިނގުރު ފެން ތައްޔާރު ކުރާނެ ގޮތަށެވެ.
ބޭނުންވާ ތަކެތި:
- އިނގުރު
- ލުނބޯ (ބޭނުން ނަމަ)
- ފެން
ތައްޔާރު ކުރާނެގޮތް:
ފެން ހޫނު ކުރުމަށް އުދާފައި ކެކެން ފެށުމުން ފެނުގެ ތެރެއަށް އިނގުރު ތުނިކޮށް ކޮށާފައި އަޅާލާށެވެ. އަދި ފެންއެތި ކިރިޔާ ކެކޭވަރަށް 15 މިނެޓް ވަންދެއް ބަހަށްޓާށެވެ. ރަހަ މީރުކޮށްލުމަށް މިއަށް ލުބޯ ހުތް އެޅިދާނެއެވެ. ނޭޅި ބޭނުން ކުރިޔަސް މީގައި ގޯހެއް ނެތެވެ. މިގޮތަށް މިފެން ތައްޔާރު ކުރުމަށްފަހު މުޅި ދުވަހު އެއްކޮށް ބޭނުން ކުރެވިދާނެއެވެ. ބޮޑަށް ރަގަނޅީ ހެދުނު ތެދުވާގޮތަށް މީގެ ތައްޓެއް ބުއިމެވެ.