އިނގުރު ފެނަކީ އޭގެ ސަބަބުން ސިއްޙީ އެތަށް ފައިދާތަކެއް ކުރާ އެއްޗެކެވެ. މިގޮތުން އިނގުރު ފެނުގެ ސަބަބުން މީހާ ހިއްކާލާ ވާހަކަ ކުރީގެ އާރޓިކަލް އެއްގައިވާނީ ގެނެސް ދެވިފައެވެ.
މިތާންގައި މިބަލާލަނީ އިނގުރު ފެނުގެ ސަބުން ލިބޭ އިތުރު ފައިދާ ތަކަށެވެ.
ލޭގެ ޕުރެޝަރ އެއްވަރެއްގައި ހިފަހައްޓާދޭ
އިނގުރު ފެނަކީ އޭގެ ބޭނުން ޤަވާއިދުން ކުރާނަމަ ލޭގެ ޕުރެޝަރ އެއްވަރެއްގައި ހިފަހައްޓަދޭ ބުއިމެކެވެ. އަދި ލޭގަނޑުވުންފަދަ އެތައް ކަމަކުން މީހާ ސަލާމަތްކޮށްދޭ ބުއިމެކެވެ.
“އެންޓި އޮކްސިޑެންޓެއް”
އިނގުރުފެނަކީ އޭގެ ޒާތުގައި އެންޓި އޮކްސިޑެންޓެކެވެ. މީގެ މާނައަކީ އިނގުރު ފެން ބުއިމުގެ ސަބަބުން ހަށިގަނޑުގައި ފްރީލެޑިކަލް ކިޔާ ވިހަ މާއްދާއެއް ނެތިކޮށްލައެވެ. ފްރީރެޑިކަލްއަކީ ގުނަވަންތަކާއި ޓިޝޫތަށް ހަލާކު ކުރާ މާއްދާއެކެވެ. ބައެއް ކަހަލަ މޭވާތަކަކީވެސް އެންޓި އޮކްސިޑެންޓެކެވެ.
ކޮލެސްޓްރޯލް ދައްކޮށްދޭ
އިނގުރު ފެނުގެ ސަބުން ކޮލެސްޓް ރޯލް ލެވެލް ދަށްކޮށްދެއެވެ.އަދި ކޮލެސްޓްރޯލް މަތިވުމުން ޖެހޭ ބަލިތަކުންވެސް ސަލާމަތްކޮށްދެއެވެ.
އިންފެކްޝަންތަކުން ދުރުކޮށްދޭ
އިނގުރު ފެނަކީ އިންފެކްޝަންތަކުންވެސް ދުރުކޮށްދޭ ބުއިމެކެވެ. އިނގުރު ފެން ބުއިމުގެ ސަބަބުން އިންފެކްޝަންގެ ސަބަބުން ޖެހޭ ބަލިތަށް މިސާލަކަށް ހުޅުހުޅުގައި ރިއްސުން ފަދަ ކަންކަމުން ދުރުކޮށްދެއެެވެ.
އެންޓި އިންފްލޭމެޓަރީ އެޖެންޓްއެއް
މީގެ މާނައަކީ މިބުއިން ބޭނުން ކުރުމުގެ ސަބަބުން ކެންސަރަށް މަގުފައިވާ ބުއިންތަކުން ސަލާމަތްކޮށްދެއެވެ.
އިނގުރު ފެން ތައްޔާރު ކުރާނެގޮތް ބައްލަވާލެއްވުމަށް މިލިންކަށް ފިއްތަވާލަށްވާށެވެ.