އަބަދުވެސް މީހުން ކުރާ އެއް ޝަކުވާއެއް އޮވެއެވެ. ކިތަންމެ ވަރަކަށް ޑައެޓް ޖެއްސިޔަސް ނުއެއް ހިކެއެވެ.މިކަމަށް އޮތް ހައްލަކީ ކޮބާ ހެއްޔެވެ؟
ކިތަންމެ ވަރަކަށް ކަސްރަތު ކުރިޔަސް ކިތަންމެ ވަރަކަށް ޑައިޓްގައި ހުރިޔަސް ތިމާގެ ބަރުދަން ލުއި ނުވާނަމަ ނުވަތަ ތިމާގެ ބައްޓަމަށް އަސަރެއް ނުކުރާނަމަ އޭގެ މައިގަނޑު އެއް ސަބަބަކީ ހަށުގަނޑުގައި ހުންނަ “ޓޮކްސިކް” މާއްދާތަކެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ “މެޓަބޮލިޒަމް” ރޭޓް ދަށްކޮށްލައެވެ. އަދި ހަށިގަނޑު ލުއިވުމުން ދުރުކޮށްދެއެވެ.
ހަށިގަނޑުން “ޓޮކްސިކް” ބޭކާރު މާއްދާތަށް ބޭރުކޮށް ހަށިގަނޑުގެ “މެޓަބޮލިޒަމް ރޭޓް އަވަސް ކުރުމަށް ކުރަގިނަ ބޭސްތަކެއް ބޭނުން ކުރެވިދާނެއެވެ. އެހެންނަމަވެސް މިކަމަށް އޮތް އެންމެ ރަނގަޅު އިނގުރު ފެނެވެ.
އިނގުރު ފެނަކީ ހިކެން ގިނަ ބަޔަކު ބޭނުން ކުރަމުންދާ އެއްޗެކެވެ. އިނގުރު ފެނުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި އުފެދިފައި ހުންނަ ސަރުބީތަށް ވިރުވާލަދެއެވެ. އަދި މީގެ އިތުރުން ހަށިގަނޑުން “ޓޮކްސިކް” ބޭކާރު މާއްދާތަށް ބޭރުކޮށްދީ ހަށިގަނޑު ލުއި ކުރުމަށް އެހީތެރިވެދެއެވެ.
އިނގުރު ފެނަކީ އެއިން އިތުރު ވަރަށް ގިނަ ފައިދާ ތަކެއް ލިބޭ ބުއިމެކެވެ. އިގުރު ފެނުން ލިބޭ ފައިދާތައް ބައްލަވާލުމަށް މިލިންކްއަށް ފިއްތާލައްވާށެވެ.
އިގުރު ފެން ހައްދަވާނެގޮތް ބައްލަވާ ލެއްވުމަށް މިލިންކަށް ފިއްތަވާ ލައްވާށެވެ.
ލިންކް އަށް ފިއްތާލިޔަސް ނުވެސް ފެނޭ.