ނަސްލީ ތަފާތު ކުރުމަކީ ނުވަތަ ވަކި ނަސްލުގެ މީހަކަށް ވީތީ ރީތިވެފައި ވަކި ނަސްލުގެ މީހަކަށް ވީތީ ހަޑި ވުމަކީ އަދިވެސް ކޮންމެ މުޖުތަމެއްގައިވެސް އޮންނަ އާދައެކެވެ. އެހެންނަމަވެސް މިއާދަ ނެތިކޮށްލަން ފޮޓޯ ގުރާފަރަކު މިވަނީ މަސައްކަތް ފަށާފައެވެ.
ރޯމާނިއާއަށް ނިސްބަތްވާ ފޮޓޯ ގްރާފަރެއްކަމުގައިވާ މައިކަލް ނޮރަކް މިވަނީ 10 ޤައުމަކަށް ގޮސް 10 މީހުންގެ ފޮޓޯ ނަގާ މީސް މީޑިޔާއަށް ދޫކޮށްލާފައެވެ.މައިކަލް ބުނެފައިވަނީ، އޭނާ މިކަން ކުރުމުގެ މަޤްސަދަކީ ވަކި ޤައުމަކަށް ވީތީ ރީތިވެފައި ވަކި ޤައުމަކަށްވީތީ ހަޑިވާ ކަހަލަ ސިޔާސަތެއް ދުނިޔޭގެ ކޮންމެ ހިސާބަކަށް ނަޒަރު ހިންގާލުމުންވެސް އޮތުމުން ކަމަށާއި ބޭނުންވަނީ މިކަން މިގޮތަށް ހިގިޔަ ނުދިނުމަށް ކަމަށެވެ.
މިގޮތުން ތިރީގައި މިވަނީ އޭނާ ނަގާފައިވާ 10 ޤައުމުގެ 10 މީހުންގެ ފޮޓޯއެވެ.
ރޯމާނިޔާ
ބުރެޒިލް
މޮލްޑޮވާ
ކޮލަންބިޔާ
މިޔަންމާ
ރަޝިޔާ
ޗައިނާ
ނިއުޒިލެންޑް
އިންޑިޔާ
ކިޔުބާ