ހިކީ ނުވަތަ އާއްމުކޮށް ކިޔާގޮތުންނަމަ ލަވްބައިޓްއަކީ މަޑު ހަންގަނޑެއްގައި ބާރަށް ބޮސްދިނުމުން ނުވަތަ ދަށްއެޅުމުން އުފެދޭ ރަށް ކުލައިގެ ނިޝާނަށް ކިޔާނަމެކެވެ. މިއީ ދެމަފިރިން ލޯބި ކުރުމުގައި ކުރާކަމެކެވެ.

ލަވްބައިޓްސް އުފެދެނީ ބާރަށް ބޮސްދިނުމުގެ ސަބަބުން ނުވަތަ  ދަތް އެޅުމުގެ ސަބަބުން ކެޕިލަރީ ކިޔާނާރެއް ބުރިވުމުގެ ސަބަބުން އެހިސާބު ހުންނަ ޓިޝޫތަކަށް ލޭގެ އަސަރު ކުރުމުންނެވެ. މިއީ އެއްވެސް ހާލެއްގައި ނުރައްކާތެރިކަމެއް ނޫނެވެ. އަދި މިއީ އަމިއްލައަށް ފިލާ ނިޝާނެކެވެ.

އެހެންނަމަވެސް، ލަވް ބައިޓްސްއަކީ ފެންނަ ހިސާބެެއްގައި ހުރެއްޖެނަމަ ބޮޑުލަދެއްގައި ބެދިދާނެ ކަމެކެވެ. މިހެންވެ ގިނަ ބަޔަކު ލަވްބައިޓްސް އަވަހަށް ދާނެ ގޮތެއް ހޯދަން ބޭނުންވެއެވެ. ތިރީގައި މިވަނީ އެކަން ކުރެވިދާނެ ބައެއް ގޮތްތަކެވެ.

އައިސް ކިއުބް އެނިޝާން ހުރި ސަރަހައްދުގައި ޖައްސާށެވެ.

އައިސް ކިއުބް ޖެއްސުމުގެ ސަބަބުން ހަލާކުވެފައިވާ ކެޕިލަރީސްތަކުން ލޭ މަނާކޮށްދެއެވެ. އަދި އަވަހަށް ލަވްބައިޓްގެ ނިޝާން ފޮހެލަން ބޭނުންނަމަ ގަނޑުފެން ތުވާޔެއް ކަހަލަ ފޮތިގަނޑަކަށްލާ އެނިޝާން ހުރި ސަރަހައްދުގައި ޖައްސާށެވެ. ގިނައިން ޖެއްސި ވަރަކަށް އެދިއުން އަވަސް ވާނެއެވެ.

ދަތް އުގުލާ ބުރުސް ބޭނުން ކުރާށެވެ.

ދަތް އުގުރާ ބުރުސް އެނިޝާން ހުރި ސަރަހައްދުގައި ހާކާށެވެ. މިހެން ހެދުމުގެ ސަބަބުން އެހިސާބުގައި ލޭ ދައުރުވުމަށް އެހީތެރިވެދޭނެއެވެ. 15 ވަރަކަށް މިނެޓް ވަންދެން މިގޮތަށް ކަންތައް ކުރާށެވެ. ނަތީޖާ ފެންނާނެއެވެ. ބުރުސް އެހާ ބާރަށް ނުކާތާށެވެ. ނޫނީ އެނިޝާން އިތުރަށް ބޮޑުވެދާނެއެވެ.

މަސާޖް ކުރާށެވެ.

ރަތްވެފައިވާ ސަރަހައްދު މަސާޖް ކުރާށެވެ. މިހެން ހެދުމުގެ ސަބަބުން ރަތްކަން ފިލައިފާނެއެވެ. އަދި މަސާޖް ކުރުމުގައި ޒައިތޫނި ތެޔޮފަދަ ތެޔޮއެއް ބޭނުން ކުރެވިދާނެއެވެ