އެމެރިކާގެ ލޯއެންޖްލަސްއޭ ބުނެފިނަމަ ކޮންމެ މީހަކަވެސް ފެންނާނީ ފިލްމް ސްޓާރުންނާއި ހިތްހަމަ ޖައްސާލަން ޤާއިމްކޮށްފައިވާ ބީޗްތަކާއި ބޮޑެތި ޝޮޕިންގް މޯލްތަކެވެ. އެހެންނަމަވެސް މިއީ ހަޤީގަތެއް ނޫނެވެ. މިއީ ހަމައެކަނި ލޯސްއޭންޖްލަސްއޭ ކިޔާ އަހަރެމެންނަށް ދައްކާ މަންޒަރު ތަކެކެވެ. ހަމަ އަޅުވާ އަދުނެކެވެ.

މީޑިޔާ ރިޕޯޓްތަށް ބުނާގޮތުން ލޯސްއޭންޖްލަސްގައި މަގުމަތީގައި ކައިބޮއެ ނިދާ ހަދާ މީހުންދަނީ ގިނަވަމުންނެވެ. އަދި މިދިޔަ 7 އަހަރުތެރޭ މަގުމަތީގައި ނިދާ ކައިބޮއެހަދާ މީހުންގެ އިންސައްތަވަނީ 75%ތައިގެ އިތުރުވުމަކަށް ގޮސްފައިވާކަމަށްވެސް މީޑިޔާ ރިޕޯޓްތަށް ބުނެއެވެ.

ނިދާނެ ތަނެއް ނެތް މިމީހުންނަށް ފާޚާނަކޮށްލާނެ ނިޒާމެއްވެސް އެއްވެސް ފަރާތަކަށް ޤާއިމްކޮށްދެންވަނީ ނުކުޅެދިފައެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއްޤައުމުކަމަށާއި ޑިމޮކޮރޮސީގައި އެންމެ ކުރީގައި އޮތް ޤައުމުކަމަށް އަމިއްލަޔަށް ބުނަމުންދާ އެމެރިކާގެ މިހިސާބުތަކުގެ ވާހަކަ ދައްކާނެ މީޑިޔާއެއް މިއަދު ނެތެވެ.  އެހެންނަމަވެސް މިއޮތީ މިކަމާ ބެހޭގޮތުން ހަދާފައިވާ ވަރަށް ތަފްސީލީ ރިޕޯޓެކެވެ. މިރިޕޯޓްއިން ލޯސްއޭޖްލެސްގެ ސަރަހައްދެއްކަމަށްވާ ސްކިޑް ރޯ އާ ބެހޭ ގިނަ މައުލޫމާތުތަކެއް ގެނެސްދޭނެއެވެ.

The Other Side of L.A.: Skid Row

L.A. Mayor Eric Garcetti wants to end street homelessness in the city by 2028. Dena Takruri went to ground zero of the crisis: Skid Row.

Posted by Direct From on Thursday, 22 March 2018