ކުރިން ދެނެގަނެވިފައިނުވާ އާ ގުނަވަނެއް ސައިންސްވެރިން ހޯދައިފިއެވެ.

ސައިންވެރިން ބުނެފައިވާ ގޮތުގައި މިގުނަވަނީ ބޮޑު ގުވަނެއް ކަމުގައިވީ ނަމަވެސް، މީގެ ކުރިން ސައިންސްވެރިނަށް ހީވެފައި އޮތީ މިއީ ޓިޝޫއެއްކަމަށެވެ. “އިންސްޓްޓިޓިއުމް” ގެ ނަމުންދީފައިވާ ގުނަވަނަކީ ހަންގަނޑުގެ ދަށުގައި އޮންނަ ގުނަވަނެކެވެ. އަދި ގޮހޮރު، ފުއްޕާމޭ އަދި ލޭނާރުތަކުގެ ބޭރު ފަށަލަ ކައިރި އޮންނަ ގުނަވަނެކެވެ.

މިގުނަވަން ހޯދިފައިވަނީ މައުންޓް ސެނައި ބެޓް އިސްރާއިލް މެޑިކަލް ޑަކްޓަރެއް ބައިލް ޑަކްޓްގެ އެކްސްޕެރިމެންޓްއެއް ހަދަމުން ދަނިކޮށެވެ.

ޑަކްޓަރުން ބުނާގޮތުގައި މިއީ ސިއްޙީ ދާއިރާއަށް ލިބުނު ކާމިޔާބީއެއްކަމަށާއި މިކަމުން ކެންސަރު ބައްޔަށް ޝިފާއެއް ހޯދުމުގެ މަގު ގާތްވެއްޖެކަމަށެވެ.