ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދާ މީހުންނަށް، މާލެ އާއި ހުޅުމާލެއާ ދެމެދު ފެރީގެ ހިދުމަތް ދޭން އެ ހޮސްޕިޓަލުން މިއަދު ފަށައިފި އެވެ

އެ ހޮސްޕިޓަލުން މިކަން ހާމަކޮށްފައިވަނީ މިއަދު ކުރި ޓުވީޓެއްގައެވެ. ހިލޭ ދޭ ފެރީގެ މި ހިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް އޮންނާކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ. އަދި ކޮންމެ ދުވަހަކު ވެސް ހަ ދަތުރު ކުރާނެ ކަމަށާއި ފެރީ ބޭނުން ކުރެވޭނީ ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހަދާފައިވާ މީހާ އާއި އެހީތެރިއަކަށް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

https://twitter.com/treetophospital/status/977406798889082880

ފެރީގައި ހުޅުމާލެއަށް ދިއުމުން ވެހިކަލްގައި ހޮސްޕިޓަލަށް ވެސް ގެންގޮސްދޭނެ އެވެ.

ފެރީގެ ދަތުރުތައް އޮންނާނީ ހެނދުނު 8:30 އިން ރޭގަނޑު 10:00 އާ ދެމެދު އެވެ. އަދި އެމަޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ ފެރީ ޝެޑިއުލަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަޤްބޫލްކަން މިހޮސްޕިޓަލްވަނީ ހޯދާފައެވެ.