ދިވެހި ބަހަށް އިސްކަން ދިނުމަށް މިއަދު މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވީރާނާވެފައިއޮތް ދިވެހި ބަސް ނަގާ ކޮޅަށް ޖެހުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރަމުންދާއިރު، މި ދަންނަވަން އުޅޭ ޤާނޫނަކީ ތަފާތު ގާނޫނެކެވެ

ދިވެހި ރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނު 9/2011 ގައި ބަޔާންކޮށްފައިވަނީ ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުންނަ ނަން ބޯޑެއްގައި އެތަނެއްގެ ނަން ތާނަ އަކުރުން ލިޔެފައި އޮންނަންވާނެއެވެ. އަދި އެހެން އަކުރަކުން ލިޔާނަމަ ތާނަ އަކުރުން ލިޔެފައިވާވަރަށްވުރެ ބޮޑުވެގެން ނުވާނެއެވެ.

9/2011 ‼️

Posted by ‎އަޝްރަފް ޢަލީ‎ on Friday, 23 March 2018

އެހެންނަމަވެސް މިޤާނޫނަށް އަމަލު ކުރާތަނެއް މި މުޖުތަމައަކުން ނުފެނެއެވެ. ސައި ހޮޓާތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި ގެސްޓް ހައުސްތަކަށް ބަލާލިޔަސް ފެންނަނީ ދިވެހި ބަހަށް ވުރެ ބޮޑުކޮށް އިނގެރޭސި ބަހުން ނަންބޯޑް ހަދާފައި ހުންނަތަނެވެ.  ނޫނީ ދިވެހި ބަސް ނަންބޯޑުގައި ބޭނުންކޮށްފައިވެސް ނުހުންނަތަނެވެ.

ބަހަށް ސަމާލުކަން ދިނުމަކީ ކޮންމެ މީހެއްގެވެސް ވާޖިބެކެވެ. އަދާ ކުރަންޖެހޭ ޒިންމާާއެކެވެ. މިހެންކަމުން ބަސް ކުރިއެރުވުމަށް މިގޮތަށް ހެދިފައިވާ އުސޫލުތަކަށް ސަމާލުވެ، އެޔާ އެއްގޮތަށް މަސައްކަތް ކުރަމާ ހިނގާށެވެ.