އޯނީލްއާ އެކު މިފަހަރު ފޮޓޯއެއް ނެގުމަށް މިއެދުނީ ‘މޮޑާން ފެމިލީ’ ގެ އެންމެ ބޮޑު އެއް ފޭން ކަމުގައިވާ ބްރިޓްނީ ސްޕިއާސް އެވެ.

‘ނޫން، އެއްގޮތަކަށްވެސް އަހަންނަކަށް އެވަގުތަކު ނޭގެ، ފޮޓޯ ނަގަން އައީ ބްރިޓްނީ ކަމެއް!’ 71 އަހަރުގެ އޯނީލް، އެލެންއަށް ކިޔައިދިނެވެ. ‘ބަލާލަބަލަ އަހަރެންގެ މޫނަށް، ބްރިޓްނީ ސްޕިއާސް އާ އެކު އަހަރެން އިން ވައްތަރު އެބަޖަހާތަ؟’

އޭނާ ބުނީ އޭނާ ފޮޓޯއަކަށް ހުއްޓިލައިން އިނީ ހަމަ އާދައިގެ ފޭންއަކާ އެކުގައި ކަމަށެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ހެނދުނު އޭނާ ޓްވިޓާ ބަލައިލިރު އޭނާގެ ފޮލޯވަރުންތައްވަނީ ޓްވިޓާ ފަތަހަކޮށްލާފަ އެވެ.

ކޮންމެއަކަސް މިފަހަރު ގަތް ލަދާއެކު މިކާމިޔާބު ފަންނާނުގެ ސާދާކަމާއި ހިތްތިރިކަން ވާނީ އިތުރުތާއެވެ!