ފޮޓޯގައި އެވާ ފިރިހެން ފިލްމީ ތަރި ދަންނަމުތަ؟ އެޑް އޯނީލް އަކީ ހޮލީވުޑް ފިލްމު އިންޑަސްޓްރީގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ ހުނަރުވެރި ފަންނާނެކެވެ. 1987 އިން 1997 އަށް ފޮކްސް ނެޓްވޯރކުން އުފެއްދި މަޝްހޫރު ސިޓްކޮމް ކޮމެޑީ ސިލްސިލާ ‘މެރީޑް ވިތު ޗިލްރެން’ އަދި 2009 ވަނަ އަހަރު އޭބީސީ އިން އުފައްދަން ފެށި މޮކިއުމެންޓްރީ (ޑ އެއް ނޫން، މ) ސިޓްކޮމް ސިލްސިލާ ‘މޮޑާރން ފެމިލީ’ ފަދަ ހެއްވާ މަޖާ ޕްރޮޖެކްޓްތަކުން ލީޑް ސްޓާރެއްގެ ގޮތުގައި ފެނިގެން ގޮސްފައިވާ އެޑް އޯނީލް އަކީ މީހުންގެ ސަމާލުކަން ނުލިބޭގޮތަކަށް އާއްމުންގެ ތެރެއަށް ނުނުކުމެވޭ ފަދަ މަޝްހޫރު މީހެކެވެ.

އޮޓޯގްރާފްތައް ދިނުމާއި ފޭނުންނާއެކު ފޮޓޯތަކަށް ހުއްޓުމަކީ އޯނީލްއަކަށް އާކަމެއް ނޫނެވެ. ނަމަވެސް މިފަހުން އޭނާގެ ފޭނަކާއެކު ނެގި ފޮޓޯ އަކީ މިހާތަނަށް އޭނާ ފޭނުންނާއެކު ނެގި ފޮޓޯތަކުގެ ތެރެއިން ވަކިން ފާހަގަކޮށްލެވޭ ޚާއްސަ ފޮޓޯއެކެވެ. އެ ފޮޓޯ ވަނީ ޚުދު އޭނާވެސް ހައިރާންކޮށްލައިފި އެވެ. އެކަން ހިނގައިދިޔަގޮތުން މިހާރު އޯނީލް ދެރަވެ ހިތާމަވެސް ކޮށްފާނެއެވެ.

އޯނީލްގެ އަންހެންދަރިފުޅުވެސް ވަނީ އެފޮޓޯ ފެނުމަށްފަހު އޭނާއަކީ ‘ބީތާއެއް’ ކަމަށް ބުނެފައެވެ.

ބައްޓަން ހެޔޮ ޅަ ރީތި ފޭނެއް އޭނާއާއެކު ފޮޓޯއެއް ނެގުމަށް އައިއިރު އޯނީލްއަށް މިފަހަރު ހުރެވުނީ ލޮސްއޭންޖްލް އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. މި އަންހެން މީހާ އޯނީލް ފެނުމުން ވަރަށް ބާރަށް އައިސް އޯނީލް ގާތުގައި ފޮޓޯއެއް ނެގިދާނެތޯ އެހިއެވެ. އޯނީލްއަކީ ސާދާ މިޒާޖެއްގެ ތަރިއަކަށް ވުމުން ވަގުތުން އޭނާ އެކަމަށް ރުހުނެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ހެނދުނު އެފޮޓޯ ޓްވިޓާއިން ފެނުމާ ހަމައަށް އޭނާއަށް ހެދުނު ‘ގޯސް’ އޭނާއަކަށް އިހުސާސެއް ނުކުރެވުނެވެ.

އޯނީލަށް މިކުރިމަތިވި ލަދުވެތި ވަގުތުކޮޅާމެދު މަޝްހޫރު ޓޯކް ޝޯ ‘ދި އެލެން ޝޯ’ ގައި އެލެން އޭނާއަށް މިކަމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އޮއްސައިލުމާއެކު އޯނީލް ވަނީ އެންމެފަހުން އެކަން ހިނގައިދިޔަ ގޮތް ކިޔައިދީފައެވެ.

އޯނީލް ލަދުގަންނުވައިލި މިފޮޓޯގެ ޙަޤީގަތް ބަލައިލުމަށް މި ލިންކަށް ފިތާލާށެވެ.