ނަމާދަކީ އިސްލާމް ދީނުގެ ތަނބެވެ. އަދި ނަމާދަކީ އެކަމާއި މެދު ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ސުވާލުކުރެވޭނެ ކަންތަށްވެސް މެއެވެ. ވަގުތުގައި ނަމާދުކޮށްފި މީހާއަށް އާހިރަތުގައި ލިބޭނެ ދަރުމައާއި ޡަވާބުގެ ވާހަކަ ޤުރުޢާނުގެ އެތަށް އާޔަތެއްގައި އަންގަވާފައިވެއެވެ. ފުރިހަމަ ނަމާދަކަށްވާނީ އެނަމާދަކަށް ފަހު މާތް ﷲ ޒިކުރުކޮށްފި ނަމައެވެ. އޭރުން ތިމާއަށް ލިބޭ ދަރުމައާއި ޡަވާބު ގިނަގުނަވެގެންވެއެވެ.

 ނަމާދަށް ފަހުގައި ކުރެވިދާނެ ޒިކުރުތަށް:
  1. ((أَسْتَغْفِرُ اللَّهَ أَسْتَغْفِرُ اللَّهَ أَسْتَغْفِرُ اللَّهَ))

މާނައީ :”މިއަޅާ ﷲގެ ޙަޟްރަތުން ފާފަފުއްސެވުމަށްއެދި ދަންނަވަމެވެ.”

  1. ((اللَّهُمَّ أَنْتَ السَّلاَمُ، وَمِنْكَ السَّلاَمُ، تَبَارَكْتَ يَا ذَا الْجَلاَلِ وَالْإِكْرَامِ))
    މާނައީ : “ހައްދަވައި ބޮޑުކުރެއްވި އިލާހެވެ! އިބައިލާހީ ސަލާމަތްކަންދެއްވަވާ އިލާހެވެ. ސަލާމަތްތެރިކަން ލިބުންވަނީ އިބަﷲގެ ޙަޟްރަތުންނެވެ. އޭ މަތިވެރިކަމާއި މާތްކަމުގެ ވެރިއިލާހެވެ! އިބައިލާހު މަތިވެރިވެވޮޑިގެންވެއެވެ.”
  2. ((لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، اللَّهُمَّ لاَ مَانِعَ لِمَا أَعْطَيْتَ، وَلاَ مُعْطِيَ لِمَا مَنَعْتَ، وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الجَدُّ))
    މާނައީ :”ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް ޝަރީކަކުނުވެއެވެ. ހުރިހާ ވެރިކަންވަނީ އެކަލާނގެއަށެވެ. އަދި ހުރިހާ ޙަމްދެއްވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ. އޭ ހައްދަވައި ބޮޑުކުރެއްވި އިލާހެވެ! އިބައިލާހު ދެއްވި އެއްޗެއް މަނާކުރާނޭ ފަރާތެއް ނުވެއެވެ. އަދި އިބައިލާހު މަނާކުރެއްވި(ނުދެއްވާ ހިފެހެއްޓެވި) އެއްޗެއް ދޭނޭ ފަރާތެެއް ނުވެއެވެ. އަދި މުދާވެރިޔާއަށް އޭނާގެ މުދަލުން އިބައިލާހުގެ ޙަޟްރަތުގައި ފައިދާއެއް ނުކުރާނެއެވެ.”
  3. ((لَا إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ. لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ، لاَ إِلَهَ إِلاَّ اللَّهُ، وَلاَ نَعْبُدُ إِلاَّ إِيَّاهُ, لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ الثَّنَاءُ الْحَسَنُ، لَا إِلَهَ إِلاَّ اللَّهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الكَافِرُونَ))
    މާނައީ :”ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް ޝަރީކަކުނުވެއެވެ. ހުރިހާ ވެރިކަންވަނީ އެކަލާނގެއަށެވެ. އަދި ހުރިހާ ޙަމްދެއްވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ. އޭ ހައްދަވައި ބޮޑުކުރެއްވި އިލާހެވެ! ހެޔޮކަމެއްކުރުމުގެ ބާރެއްވެސް އަދި ނުބައިކަމަކުން ދުރުވެގަތުމުގެ ބާރެއްވެސް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އެއިލާހަށް މެނުވީ އަޅަމެން އަޅުކަމެއް ނުކުރަމެވެ. ނިޢުމަތް ލިބިވޮޑިގެންވަނީ އެއިލާހަށެވެ. އަދި ދަރުމަ ލިބިވޮޑިގެންވަނީ އެއިލާހަށެވެ. އަދި ރިވެތިވެގެންވާ ޘަނާ ލިބިވޮޑިގެންވަނީ އެއިލާހަށެވެ. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. ކާފިރުން ނުރުހުނު ކަމުގައި ވިޔަސް، އަޅަމެންނީ އެކަލާނގެއަށް ދީން ޚާލިޞްކުރާ މީހުންނެވެ.”
  4. އަދި މަޣްރިބު ނަމާދާއި ފަތިސް ނަމާދަށްފަހު ((لَا إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمدُ، يُحْيِي وَيُمِيتُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ)) މިފަދައިން 10 ފަހަރު ކިޔަންވާނެއެވެ.

މިޒިކުރުގެ މާނައީ: “ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް ޝަރީކަކުނުވެއެވެ. ހުރިހާ ވެރިކަންވަނީ އެކަލާނގެއަށެވެ. އަދި ހުރިހާ ޙަމްދެއްވަނީ އެކަލާނގެއަށެވެ. އެކަލާނގެ ދިރުއްވައެވެ. އަދި މަރުގަންނަވައެވެ. އަދި އެކަލާނގެއީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.”

  1. ދެން އަންނަނިވި ގޮތްތަކުގެތެރެއިން ކޮންމެވެސް އެއްގޮތަކަށް ޒިކުރުކުރާށެވެ. އަދި އެކިފަހަރު އެކިގޮތަށް ކުރުން މޮޅުއިތުރުވެގެންވެއެވެ. އެއީ ހިތް ހާޒިރުކޮށް ސުންނަތަށް ޢަމަލުކުރުމަށެވެ.

ހ. ((سُبْحَانَ اللَّهِ)) 33 ފަހަރު ((وَالْحَمْدُ لِلَّهِ)) 33 ފަހަރު ((اللَّهُ أَكْبَرُ)) 33 ފަހަރު ކިޔާށެވެ. އަދި ސަތޭކަ ހަމަކުރުމަށް ((لَا إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ))

އަދި މިޒިކުރާއި މީގެފަހުން އަންނަ ޒިކުރުތަކުގައި މިކަލިމަތައް ވަކިން ކިޔުމާއި އެއްކޮށް ކިޔުން ހުއްދަވެގެންވެއެވެ. އަދި ދެޙާފިޠުން ކަމުގައިވާ އިބުނު ރަޖަބާއި އިބުނު ޙަޖަރާއި އަދިވެސް އެހެން ޢިލްމުވެރިން ވިދާޅުވެފައިވާ ފަދައިން އެންމެ ރަނގަޅީ ވަކިން ކިޔުމެވެ.

ށ. ނުވަތަ ކިޔާށެވެ. ((سُبْحَانَ اللَّهِ)) 33 ފަހަރު ((وَالْحَمْدُ لِلَّهِ)) 33 ފަހަރު ((اللَّهُ أَكْبَرُ)) 33 ފަހަރު ކިޔާށެވެ. އޭރުން އެކުޖުމްލަ ވާނީ 99 ފަހަރެވެ.

ނ. ނުވަތަ ކިޔާށެވެ. ((سُبْحَانَ اللَّهِ)) 33 ފަހަރު ((وَالْحَمْدُ لِلَّهِ)) 33 ފަހަރު ((اللَّهُ أَكْبَرُ)) 34 ފަހަރު ކިޔާށެވެ. އޭރުން އެކުޖުމްލަ ވާނީ 100 ފަހަރެވެ.

ރ. ނުވަތަ ކިޔާށެވެ. ((سُبْحَانَ اللَّهِ)) 10 ފަހަރު ((وَالْحَمْدُ لِلَّهِ)) 10 ފަހަރު ((اللَّهُ أَكْبَرُ)) 10 ފަހަރު ކިޔާށެވެ. އޭރުން އެކުޖުމްލަ ވާނީ 30 ފަހަރެވެ.

ބ. ނުވަތަ ކިޔާށެވެ. ((سُبْحَانَ اللَّهِ)) 11 ފަހަރު ((وَالْحَمْدُ لِلَّهِ)) 11 ފަހަރު ((اللَّهُ أَكْبَرُ)) 11 ފަހަރު ކިޔާށެވެ. އޭރުން އެކުޖުމްލަ ވާނީ 33 ފަހަރެވެ.
ނުވަތަ ކިޔާށެވެ.

ޅ. ((سُبْحَانَ اللَّهِ)) 25 ފަހަރު ((وَالْحَمْدُ لِلَّهِ)) 25 ފަހަރު ((لَا إِلَهَ إِلاَّ اللَّهُ)) 25 ފަހަރު ((اللَّهُ أَكْبَرُ)) 25 ފަހަރު ކިޔާށެވެ. އޭރުން އެކުޖުމްލަ ވާނީ 100 ފަހަރެވެ.

  1. ދެން ކިޔާނީ: ((رَبِّ قِنِي عَذَابَكَ يَوْمَ تَبْعَثُ-أَو تَجْمَعُ- عِبَادَكَ))
    “އޭ ހައްދަވައިބޮޑުކުރެއްވި އިލާހެވެ! އިބައިލާހުގެ އަޅުން އަލުން ދިރުއްވަވައި އެއްކުރައްވާ ދުވަހު އިބައިލާހުގެ ޢަޛާބުން މިއަޅާ ސަލާމަތްކުރައްވާނދޭވެ!”
  2. ((اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ، وَمَا أَخَّرْتُ، وَمَا أَسْرَرْتُ، وَمَا أَعْلَنْتُ، وَمَا أَسْرَفْتُ، وَمَا أَنْتَ أَعْلَمُ بِهِ مِنِّي. أَنْتَ الْمُقَدِّمُ، وَأَنْتَ الْمُؤَخِّرُ لاَ إِلَهَ إِلاَّ أَنْتَ))
    މާނައީ: “އޭ ހައްދަވައިބޮޑުކުރެއްވި އިލާހެވެ! މިއަޅާއަށް މިއަޅާގެ އިސްވެދިޔަހާ ފާފަތަކާއި، ކުރިޔަށް ކުރެވެންހުރި ފާފަތަކާއި، ސިއްރިއްޔާތުގައި ކުރެވިފައިވާ ފާފަތަކާއި، ފާޅުގައި ކުރެވިފައިވާ ފާފަތަކާއި، އިސްރާފުކުރެވިފައިވާ ފާފަތަކާއި، އަދި އެއީީ ފާފައެއްްް މިއަޅާއަށް ވުރެ ބޮޑަށް އިބަަ ﷲ ދެނެވޮޑިގަންނަވާ ފާފަވެސް ފުއްްސަވާދޭވެެ! (ހެޔޮކަންތަކުގައި މީސްތަަކުން) އިސްކުރައްވާ ފަރާތަކީ އިބަަ ﷲ އެވެ. އަދި ފަސްކުރައްވާ ފަރާތްތަކީވެސްް އިބަަ ﷲއެވެެ. އިބައިލާހުފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ.”
  3. ދެން ކީޔާނީ: ((اللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ))

” އޭ ހައްދަވައިބޮޑުކުރެއްވި އިލާހެވެ! ރިވެތިގޮތުގައި އިބައިލާހަށް އަޅުކަންކުރުމަށާއި، އިބައިލާހަށް ޝުކުރުކުރުމަށާއި ޒިކުރުކުރުމަށް މިއަޅާއަށް އެހީތެރިވެދެއްވާނދޭވެ!

  1. އެއަށްފަހު އާޔަތުލް ކުރުސި ކިޔާށެވެ.
[اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ]
  1. އެއަށްފަހު ސޫރަތުލް އިޚްލާޞް ކިޔާށެވެ.

قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ﴿٤﴾

  1. އެއަށްފަހު ސޫރަތުލް ފަލަޤި ކިޔާށެވެ.

قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾

  1. އެއަށްފަހު ސޫރަތުއް ނާސި ކިޔާށެވެ.

قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾

 

މަސްދަރު: عبد الله بن صالح الفوزان ލިޔުއްވާފައިވާ

 الأذكار بعد الصلاة المكتوبةمع شرحهش

ا(ފަރުޟު ނަމާދުގެ ފަހުގައި ކުރާ ޒިކުރުތައް ޝަރަޙައާއި އެކު)  މިފޮތުން.