އިސްލާއީލްގެ ޗީފް ރާހިބެއް (ޔަހޫދީންގެ ލީޑަރ) ކަމަށްވާ ޔުތްޒާކް ޔޫސުފް ކަޅުމީހުންނަކީ ރާމާމަކުނު ތަކެއް ކަމުގައި ސިފަކޮށްފިއެވެ.

އޭނާ މިގޮތަށް ސިފަކޮށްފައިވަނީ ކޮންމެ ހަފްތާއަކު އޭނާ ދެމުން އަންނަ ތަޤްރީރެއްގައެވެ. އޭނާގެ މިވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެ، އެނާއަކީ ރޭސިސްޓެއްކަމަށް ގިނަ ބަޔަކުވަނީ ބުނަން ފަށާފައެވެ.

މީގެ ކުރިންވެސް ރާހިބް ޔޫސުފް ދެއްވި ވާހަކަ ތަކަކާ ގުޅިގެން އޭނާއަށް ގިނަބައެއްގެ ފާޑު ކިޔުންވަނީ އަމާޒުވެފައެވެ. މިގޮތުން އޭނާވަނީ ވަކި ގޮތަކަށް ހެދުން އަޅާ އަންހެނުންނަކީ ޖަނަވާރުންކަމަށް ސިފަކޮށްފައެވެ.

މީގެ އިތުރުން 2016 ވަނަ އަހަރު ޔަހޫދީން ނޫން އެހެން އެންމެން ޤަތުލު ކުރަން ޖެހޭކަމަށް އޭނާވަނީ ފަތުވާ ނެރެފައެވެ. އެފަތުވާގައި އޭނާ ބުނެފައިވަނީ އިސްރާއީލްގައި ދިރިއުޅެވޭނީ ޔަހޫދީ ދީނު އެންމެހާ އުސޫލުތަކަށް ތަބާނުވާ އެންމެން ޤަތުލުކޮށް އިސްރާއީލް ފަތަހަ ކުރަންޖެހޭކަމަށެވެ.