ގިނައިރު އިށިއިނދެގެން ތިބޭ އަންހެނުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކަމަށް “ކެންސަރ އެޕިޑެމިލޮޖީ އެންޑް ޕުރެވެންސްން” ޖޯނަލްގައި ޝާއިރުކޮށްފައި ދިރާސާއެއް ބުނެފިއެެވެ.

ސެންޓަރފޯ އެނާޖީ ބެލޭންސް އެންޑް ކެންސާ ޕުރެވެންސަންގެ ޑިރެކްޓަރ ކެރެން ބެސެންއާ ކުރި މިދިރާސާގައި ބުނެފައިވަނީ މީގެ ކުރިން ގިނައިރު އިށީންދެގެން އިނުމުގެ ސަބަބުން ދިމާވާ ތަފާތު މައްސަލަ ތަކުގެ ވާހަކަ ދެކެވުނު ނަމަވެސް މިކަމާ ކެންސަރާ ގުޅުމެއް ވާކަން ދަނެގެނެވިފަވަނީ ވަރަށް ފަހުންކަމަށެވެ.

މި ދިރާސާގައި  50 އަހަރާއި 70 އަހަރާއި ދެމެދުގެ 184،000 މީހުން ބައިވެރި ވެފައިވާއިރު. ދިރާސާގެ ބައިވެރިންނަށް އެމީހުން މަސައްކަތުގެ މާހައުލުގައި ހޭދަކުރަނީ ކިހާ ވަގުތެެއްކަމާއި، ގޭގެ މަސައްކަތްތައް ނިންމެނީ ކިހާ އިރަކުން ކަމާއި، ކަސްރަތު ކުރަނީ ކޮން ވަގުތުތަކެއް ކަމުގައާއި، އަދި ޓީވީ ބެލުން، ފޯނު ފަދަ ތަކެއްޗާ ކުޅެން އިށިއިނދެ ތިބެނީ ކިހާވަގުތެއްގައިތޯ ސުވާލު ކުރެވިފައިވެއެވެ. އެއަށްފަހު ދިރާސާކުރާ ޓީމުން ބައިވެރިންގެ ތެރެއިން 69،260 ފިރިހެނުން 13 އަހަަރު ދުވަސް ވަންދެން އަދި 77،462 އަންހެނުން 16 އަހަރު ދުވަސް ވަންދެން އެމީހުންގެ ޞިއްހަތަށް އަންނަ ބަދަލުތައް ބަލާހެދިއެވެ.

ދިރާސާގެ ނަތީޖާ ދެއްކި ގޮތުގައި އަންހެނުންގެ ތެރެއިން ދުވާލަކު 6 ގަޑިއިރު އިށިންދެގެން ތިބޭ ފަރާތްތައް ދުވާލު 3 ގަޑިއިރު އިށިއިނދެގެން ތިބޭ ފަރާތްތަކާ އަޅާބަލާއިރު ކެންސަރު ޖެހުމުގެ ފުރުސަތު 10 އިންސައްތަ އިތުރެވެ. ދުވާލަކު 6 ގަޑިއިރަށްވުރެ ގިނަ ވަގުތު އިށިއިނދެގެން ތިބޭ ފަރާތްތަކަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު 10 އިންސައްތަ ބޮޑެވެ. އަދި ރަހިމުގެ ކެންސަރު ޖެހުމުހެ ފުރުސަތު 43 އިންސައްތަ ބޮޑެވެ. ދިރާސާގެ ނަތީޖާ ދެއްކި ގޮތުގައި ފިރިހެނުންނަށް މިކަމުގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު އެހާ ބޮޑެއް ނޫނެވެ.

މިހެންކަމުން ތިބާއަކީ އަންހެން ކަންބަލެއްކަމުގައިވާނަމަ ގިނަ އިރު އިށިންދެ އިނުމުނެް ދުރުވާށެވެ. އަދި އެހެން އަންހެން ކަނބަލުންނަށްވެސް މިކަން މިހެން ކުރުމަށް ހަދާންކޮށްދޭށެވެ.