ކައިވެންޔަށްފަހު ފަލަވާ ވާހަކައަކީ އަބަދުވެސް އިވޭ ވާހަކައެކެވެ. އެހެންނަމަވެސް މިއީ މުޅިން ތެދެއް ނޫންކަން ދިރާސާއަކުން މިވަނީ ދައްކާފައެވެ.

ދިރާސާއަކުން ދައްކާފައިވާގޮތުގައި ޒަވާޖީ ހަޔާތުގައި މައްސަލަ މަދު ނަމަ، ދެމަފިރިންގެ މެދުގައި ލޯތްބާއި އަޅާލުން އޮންނަ ނަމަ، ބައިވެރިޔާގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީއަކަށް ވެދެ އެވެ. މިދިރާސާވަނީ ޖާނަލް ހެލްތު ސައިކޮލޮޖީގައި ޝާއިރު ކޮށްފައެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި މެދު އުމުރުގެ މީހުން ޒަވާޖީ ހަޔާތެއްގައި އުފާވެރިކަމާއެކު ދިރިއުޅޭނަމަ ބަރުދަން އެއްވަރެއްގައި ހިފަހައްދޭކަމަށް ބުނެފައިވެއެވެ. މި ދިރާސާ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ހާވާޑް ޗޭން ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ޕޯސްޓް ޑޮކްޓޯރަ ޔިންގް ޗެން ބުނެފައި ވެއެވެ.

ކައިވެނި ކޮށްގެން އުޅޭ 2650 މީހަކު ބައިވެރި ކޮށްގެން ނުވަ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ދިރާސާގައ އެންމެންގެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލާއެކު އެ ބައިވެރިންގެ ޒަވާޖީ ހަޔާތުގައި ދިމާވާ ޓީމުން ދިޔައީ ގާތުން ބަލަމުންނެވެ.

މިދިރާސާއިން ދައްކާފައިވަނީ ޒަވާޖީ ހަޔާތެއްގައި ގުޅިގެން އުޅޭއިރު، އުފާވެރި ހަޔާތެއް ވޭތަ ކުރާނަމަ ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފަހައްޓަދެއެވެ. އަދި ޒަވާޖީ ހަޔާތުގައި މައްސަލަތައްޖެހޭނަމަ ފަލަވާން މެދުވެރިވެއެވެ.