މަސައްކަތު މާހައުލުގައި ސްޓްރެސް ބޮޑުވާނަމަ ހަކުރު ބަލި ޖެހުމުގެ ފުރުސަތު އިންތިހާއަށް ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ޗައިނާގައި އެވެ. މި ދިރާސާގައި އެކި ދާއިރާތަކުގައި ވަޒީފާ އަދާކުރާ 3730 މުވައްޒަފުންގެ ޑާޓާ 12 އަހަރު ވަންދެން އެއްކުރުމަށްފަހު އާންމުކުރި ދިރާސާގެ ނަތީޖާގައި ބުނެފައިވަނީ ވަޒީފާގެ މާހައުލުގައި ސްޓެރެސް އާ ކުރިމަތިލާން އެނގޭ މީހުންނާ އަޅާ ބަލާއިރު ސްޓްރެސް ބޮޑުވާ މީހުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު 57 އިންސައްތަ ބޮޑު ކަމަށެވެ.

މި ދިރާސާ ޗައިނާގެ ޑައިބަޓިސް ކެއާގައި ރަޖިސްޓްރީ ކޮށްފައިވާއިރު މި ދިރާސާކުރި ފަރާތްތަކުން އިލްތިމާސް ކޮށްފައިވަނީ ވަޒީފާގެ މާހައުލުގައި ސްޓްރެސް މެނޭޖް ކުރަން ދަސް ކުރުމަށެވެ. އަދި އަމިއްލަ ދިރިއުޅުމުގައި ހިނގާ ކަންކަމާއެކު މަސައްކަތުގެ މާހައުލަށް ނުނިކުތުމަށެވެ.ސާ