ކޮސޯވޯގެ ޤާނޫން ހަދާ މަޖިލީހަށް އިދިކޮޅު މެންބަރުންކަރުނަ ގޭސް ޖަހައިފިއެވެ.
120 މެންބަރުންގެ މައްޗަށް އެކުލެވޭ މޮސްކޯގެ ރައްޔަތުންގެ މަޖިލީހަށް ކަރުނަގޭސް ޖަހާފައިވަނީ ސަރުކާރުން ފާސްކުރަން ބޭނުންވާ ބިލެއް ފާސްވިޔަ ނުދީ މަޖިލީހުގެ މަސައްކަތް ހުއްޓުވާލުމަށެވެ.
މަޖިލީހުގެ ޗެންބަރުގެ ތެރެއަށް އިދިކޮޅު މެންބަރުން ކަރުނަ ގޭސް ޖަހާފައިވާ ވީޑިއޯއެއް މީސްމީޑިޔާގައި ދައުރުވަމުންދާއްިރު، އިދިކޮޅު މެންބަރުންވަނީ 3 ފަހަރެއްގެ މަތިން މަޖިލިސް ތެރެއަށް ކަރުނަ ގޭސް ޖަހާފައެވެ. އަދި ކަރުނަގޭސް ޖެހުމާއެކު ހުރިހާ މެންބަރުންވަނީ މަޖިލީސް ކުރާ މާލަމުން ނިކުމެފައެވެ.
Opposition MPs in Kosovo release tear gas into Parliament to prevent a vote
Opposition MPs in Kosovo release tear gas into Parliament to prevent a vote
Posted by The Independent on Wednesday, 21 March 2018
އިދިކޮޅު މައި ޕާޓީ ކަމަށްވާ ދަ މޫވްމެންޓް ޕާޓީން ސަރުކާރުން މިއަދުގެ ވޯޓަށް ހުރަސް އަޅާ ރައްޔިތުންގެ މަޖިލީސް ކުރާ އިދާރާއަށް ކަރުނަ ގޭސް ޖެހިއިރު، އެމެރިކާއިން މިކަމާމެދުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމަރިކާއިން ކޮސޯވޯއަށް ކަޑައަޅާފައި ހުންނަވާ ސަފީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހަމަނުޖެހުން ހިންގުމަކީ ކޮސޯވޯގެ ސިޔާސީ މަޝްރަޙް ޤަބޫލު ކުރާކަމެއް ނޫންކަމަށާއި ވޯޓު ނެގުމަށް އިދިކޮޅު ފަރާތްތަކުން އެއްބާރުލުން ދިނުމަށް ގޮވާލަށްވާ ކަމަށެވެ.
Violence as a political tool has no place in #Kosovo. I urge MPs to reconvene and finish the vote today.
— Ambassador Philip S. Kosnett (@USAmbKosovo) March 21, 2018
މިއަދު ނެގުމަށް ހަމަޖެހިފައިވަނީ ކޮސޯވޯއާއި މޮނެޓެގްރޯއާ ދެމެދު އޮތް ބޯޑަރުގެ މައްސަލައިގެ ވޯޓެވެ. މަޖިލީހުގެ ތިންބައިކުޅަ ދެބައި މިބިލް ފާސް ކުރުމަށް ބޭންވާއިރު، އިދިކޮޅުން ބުނަމުންދަނީ މިއީ ތާކުންތާކު ނުޖެހޭ ބިލެއްކަމަށާއި މިކަމުން އެޤައުމަށް އެތައް ކަރޯޑްގެ ގެއްލުމެއް ލިބިގެންދާނެކަމަށެވެ.