ކައިވެންޔަކީ އެކުގައި އުޅުމަށް ވެވޭ އަޙްދެކެވެ. ކޮންމެ ހާލެއްގައިވެސް ބައިވެރިޔާއާއި ވަކި ނުވުމަށް ކުރެވޭ އަޙްދުނާމާއެކެވެ.
އެހެންނަމަވެސް ކައިވެންޏަށް ފަހު ވަރަށް ގިނަ ބައެއްގެ ގުޅުމަށް އެކި ކަހަލަ ނޭދެވޭ އަސަރުތަށް ކުރިމަތި ކުރުވާން ތަން ފެނެ އެވެ. ބައެއް ފަހަރަށް އަންހެންވެރިންގެ ޝަކުވާއަކީ ރައްޓެހިވެގެން އުޅުނު އިރާ އަޅާ ބަލާފައި، ކައިވެންޏަށް ފަހު ފިރިމީހާ އަށް އޭނާ އަށް ވަގުތު ނުދެވޭ މައްސަލަ އެވެ.އެކަން ބޮޑު ޝަކުވާއަކަށް ވާފަހަރުވެސް މަދެއްނޫނެވެ.

އެކިގައި ހޭދަ ކުރަން ލިބޭ ވަގުތުތައް މަދުވެ، ދެ މީހުންގެ މެދުގައި އޮންނަ ލޯތްބަށް ވެސް ބުރޫ އަރާ ފަހަރު އާދެ އެވެ. މީގެ ސަބަބުން ބޭވަފާތެރިވުމާއި ކައިވެނި ރޫޅިދާނެ ފަދަ މައްސަތަކާ ކުރިމަތިލާން ޖެހެ އެވެ.

ތަޖުރިބާރުން ބުނާ ގޮތުގައި ފިރިހެނުން ހިފަހެއްޓުމަކީ އަންހެނުންނަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. މާނައަކީ ފިރިމީހާ މުޅި އުމުރަށް ތިމާގެ “ކޮންޓްރޯލް” ގެ ދަށުގައި ބެހެއްޓުމަކީ އަނބިމީހާ އަށް ކުރަން ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. ހާއްސަކޮށް ދަރިން ލިބުމަށް ފަހު އެވެ. މި ސަބަބާ ހުރެ ފިރިން އެހެން ގޯޅިތައް އަޅަން ފަށަ އެވެ. ހިލޭ އަންހެނުންނާ އެކު ވަގުތުތައް ހޭދަކޮށް، އުފާ ހޯދަ އެވެ. ހާއްސަކޮށް ޖިންސީ އުފާ އެވެ.

ތަޖުރިބާކާރު ބުނަނީ އަނބިމީހާގެ ބަދަލުގައި ފިރިން އެފަދަ އުފާތައް ލިބިގަންނަނީ މައިގަނޑު ފަސް ސަބަބަކާ ހެދި ކަމަށެވެ.’

އޭގެ ތެރެއިން ފުރަތަމަ ކަމަކީ ތަޖުރިބާ ކުރުމުގެ ޝައުގުވެރިކަން ފިރިހެނުން މާ ބޮޑަށް ވެސް ބޭނުންވުމެވެ. އަބަދު އެކައްޗެއް ކާ ނަމަ ފޫހިވާ އުސޫލުން، އަނބިމީހާ އާ ނޫން މީހަކާ އެކު ގުޅުން ބޭއްވުމުގެ ޝައުގުވެރިކަން ފިރިހެނުންގެ ހިތުގައި އުފެދެ އެވެ. ތިމާގެ އަނބިމީހާ ނޫން މީހަކު ތަޖުރިބާކޮށްލުން އެއީ އޭގެ ތެރެއިން އެންމެ މައިގަނޑު އެއް ސަބަބެވެ.

ދެވަނަ ކަމަކަށް ބަލާ އިރު ހަމަ ފޫހިވުމުގެ މައްސަލަ އެބަ ކުރިމަތި ކުރުވަ އެވެ. ފެންނަނީ އަބަދު އެކައްޗެއް ނަމަ، އާ އެއްޗެއް ބަލާލުމުގެ ޝައުގުވެރިކަން ބޮޑުވެ އެވެ. އަބަދު ކޮޓަރި ތެރޭގައި އުޅެވެނީ “އެއްްގޮތަކަށް” ކަމަށްވާ ނަމަ، އެ ނޫން ގޮތަކަށް މަޖާކޮށްލަން ފިރިހެނުން ބޭނުންވެ އެވެ.

ކައިވެންޏަށް ފަހު، ދުވަސްކޮޅަކުން އަނބިމީހާ ދެކެ ފިރިހީމާ އެހާ ޝައުގުވެރި ނުވާ ތަން އާދެ އެވެ. މީގެ ސަބަބުން ދެ މީހުންގެ ދެމެދުގައި އޮންނަން ޖެހޭ ގުޅުން ކުޑަވެ، ލޯތްބަށް އަސަރު ކުރެ އެވެ. އެހެންވެ އަނބިމީހާ އެކު ޖިންސީ އުފާ ހޯދަން ފިރިމީހާގެ ހިތްކެނޑެ އެވެ. އެ ނޫން އިތުރު ގޮތެއް ހޯދަން ހިތް އެދެ އެވެ.

ފިރިހެނުންނަކީ އެ މީހުންގެ “ފިރިހެންވަންތަކަން” އަބަދު ވެސް ދައްކާލަން ބޭނުންވާ ބައެކެވެ. އެހެންވެ ތިމާގެ ކާމިޔާބުކަމާއި ކުޅަދާނަކަން ސާބިތުކޮށް ދިނުމުގެ ގޮތުން ވެސް ބައެއް ފިރިހެނުން ހިލޭ އަންހެނުން ގާތަށް ގޮސް އުފާ ހޯދަން ބޭނުންވެ އެވެ.

ޖިންސީ އުފާ ނެތުމަކީ ހަޔާތުގައި އުފަލެއް ނެތުން ކަމަށް ދެކޭ ފިރިހެނުން ބައިވަރެވެ. އެހެންވެ ތިމާގެ ޖިންސީ ބާރުވެރިކަމާއި ކުޅަދާނަ ކަމާއި ގާބިލްކަން ދެއްކުމުގެ ގޮތުން ވެސް އިތުރު ދިމަދިމާ އަށް ދިއުމަށް ހިތް ޖައްސަ އެވެ. އެކަން އެގޮތަށް ނުވާ ނަމަ ތިމާއަކީ މާ ބަލިކަށި މީހެއްގެ އިހުސާސް ބައެއް ފިރިހެނުންނަށް ކުރެ އެވެ.