ދުނިޔޭގެ ބޮޑެތި ސިޓީތަކުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެންމެ ދަށް ސިޓީ އަކީ އޮސްޓްރިއާގެ ވެރިރަށް ވިއެނާ ކަމަށް ބައިނަލްއަގްވާމީ ފެންވަރުގެ ސާވޭއަކުން ދައްކައިފިއެވެ.

ސިޔާސީ ހަމަޖެހުމާއި، ސިއްހީ ފަރުވާއާއި، ދައުލީމީ ދާއިރާއާއި، ކުށުގެ ރެކޯޑު ފަދަ މުހިންމު ކަންތަކަށް ބެލުމަށް ފަހުގައި ދުނިޔޭގެ އެންމެ  ބޮޑު އެއް ހިއުމަން ރިސޯސަސް ކޮންސަލްޓިން ކުންފުނި ކަމަށްވާ މާސާ އިން ހެދި މި ސާވޭގައިި 231 ސިޓީއެއް ވަނީ ހިމަނާފައެވެ.

މި އަހަރުވެސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެންމެ ރަނގަޅު ސިޓީ ހޮވިފާވަނީ މިދިޔަ ނުވަ އަހަރުވެސް މިމަޤާމް ހޯދާފައިވާ ވިއެނާއެވެ.  ވިއެނާއަކި 1.8 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެންމެ ދެރަ ސިޓީ ކަމަށް މި އަހަރުގެ ލިސްޓުން ދައްކާފައި ވަނީ އިރާގުގެ ބަގުދާދްދަށްކާފައިވާއިރު، ބަގުދާދުގެ ފަހަތުން ދެން އޮތީ ސެންޓްރަލް އެފްރިކަން ރިޕަބްިލކްގެ ބަންގުއީ އަދި ޔަމަނުގެ ސަންއާ އެވެ.

ލިސްޓުގެ އެއްވަނައިގައި ވިއެނާ އޮތް އިރު ދެވަނައިގައި އޮތީ ސްވިޒަލެންޑުގެ ސޫރިކް އެވެ. ލިސްޓުގެ ތިންވަނަ ދެ ސިޓީއަކަށް ލިބިފައި ވެއެވެ. އެއީ ނިއުޒިލެންޑުގެ އޯކްލޭންޑް އާއި ޖަރުމަނުވިލާތުގެ މިއުނިކްއެވެ. އޭގެ ފަހުން އައިސްފައި ވަނީ ކެނަޑާގެ ވެންކޫވާއެވެ.

ލިސްޓުގެ ގަދަ 10 އެއްގައި ޖަރުމަނުވިލާތާއި ސްވިޒަލެންޑް މިއިން ކޮންމެ ގައުމަކުން ތިން ސިޓީ ހިމެނޭކަން ފާހަގަކޮށްލެވެއެވެ.