ސްރީލަންކާގެ ކެންޑީގައި މިހާރު ހަމަނުޖެހުން ކުރިޔައް ނުދާކަމަށާއި ކެންޑީ މިވަގުތު ކެންޑީގެ ހާލަތު އަމާންކަމަށް އެޤައުމުގެ ސިފައިން ހާމަކޮށްފިއެވެ.

ހަމަނުޖެހުންތައް އިތުރު ވުމުގެ ސަބަބުން ުިޅި ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިއިރު، ކެންޑީގައިވަނީ ކާފިއުވެސް ދެފަހަރެއްގެ މަތިން އިއުލާންކޮށްފައެވެ. އަދި މީސްމީޑިޔާގެ ބޭނުންކުރުން މުޅި ސުރީކަންކާގައިވަނީ ވަގުތީ ގޮތުން މަނާކޮށްފައެެވެ.

ކެންޑީގައި ހަމަނުޖެހުން އިތުރުވާން މެދުވެރިވި މައިގަނޑު ސަބަބަކީ ބުޑިސްޓުންގެ ބަޔަކުމިސްކިތްތަކަށާއި މުސްލިމުންގެ ފިހާރަތަކަށް ގެއްލުން ދިނުމުންނެވެ. ބުޑިސްޓުންގެ އަމަލުތަކުގެ ސަބަބުން ގެއްލުން ލިބުނު ތަންތަން މަރާމާތު ކުރުމުގެ މަސައްކަތުގައި ލަންކާ ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ކެންޑީގެ ހާލަތު ބަޔާންކޮށް ލަންކާ ސިފައިން އެގައުމުގެ ސަރުކާރަށް ފޮނުވި ރިޕޯޓުގައި ބުނެފައިވަނީ ކުރިއަށް އޮތް މިވަގުތު ކެންޑީއޮތީ އާއްމު ހާލަތެއްގައި ކަމަށާއި އެހެންނަމަވެސް އަދިވެސް ރަށުތެރޭގައި ހަރަކާތްތެރިވަމުންދާނެކަމަށާއި އެއީ އިންޓެލިޖެންސްއަށް ލިބިފައިވާ މައުލޫމާތަކުން ކަމަށެވެ.