އެމެރިކާގެ ބަރަނާ ފިލްމް ކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއެލްސްގެ އަތުން 20 މިލިއަން ޑޮލަރު ހޯދުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދައުވާކޮށްފިއެވެ.
ޓްރަމްޕްގެ ލޯޔަރުން ބުނާގޮތުގައި ސްޓޯމީއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ދެމެދުގައި ކަމަކާ ބެހޭގޮތުން ވާހަކަ ނުދައްކާ ހަނުހުރުމަށް އެއްބަސްވެފައިކަމަށާއި ނަމަވެސް އޭނާވަނީ މިއެއްބަސްވުމާ ޚިލާފުވެފައިކަމަށެވެ. އަދި ޓްރަމްޕްގެ ލޯޔަރު މައިކަލް ކޯހެން ސްޓެފަނީ ބުނެފައިވަނީ އެވާހަކަ ނުދެއްކުމުގެ މަތިން ސްޓެފަނީ ކްލިފޯޑްއަށް 130،000 ޑޮލަރުގެޓުރަންޕްގެ އަމިއްލަ ޖީބުން ޚަދަރުކޮށްގެން ދީފައިވާކަމަށެވެ.
މީގެ އިތުރުން މީނާ ބުނެފައިވަނީ ވާހަކަދައްކައިގެން ނުވާނޭކަމަށް އެއްބަސްވެވުނު ކަމަކާއި މެދު އެ ވާހަކަ އާންމުވާފަދަ ގޮތަކަށް ސްޓެފަނީ 20 ފަހަރަށް ވުރެ ގިނައިން ވާހަކަދައްކައި އެ އެއްބަސްވުމާއި ޙިލާފްވެފައިވާކަމަށެވެ.