ސައުތު ވެސްޓް އެއާލައިންސްގެ ފުލައިޓެއްގައި ކުއްޖަކު ބިރުން އުޅޭތީ ކުއްޖަކާއި އެކުއްޖާގެ ބައްްޕަ ފުލައިޓުން ބޭރުކުރި ވީޑިއޯއެއް އާއްމުވެ، ގިނަބަޔަކު ރަތަށް އަރައިފިއެވެ.

ތުއްތު ކުއްޖަކު އުދުހެން ބިރުގަތުމުގެ ސަބަބުން އެ ކުއްޖާ އާއި އެ ކުއްޖާގެ ބައްޕަ ފްލައިޓުން ބޭރުކުރެވޭ މަންޒަރު ދައްކުވައިދޭ ވިޑިއޯއެއް އާންމުވެފައިވާއިރު މީޑިޔާ ރިޕޯޓްތަށް ބުނާގޮތުން  އެ ކުއްޖާ އުދުހެން ބިރުގަތީމައި ފްލައިޓްގެ އޮފިޝަލުން ވަނީ އެ ކުއްޖާއާއި އެ ކުއްޖާގެ ބައްޕަ ކައިރީގައި ފްލައިޓުން ފޭބުމަށް އަންގައިފައެވެ.

އެ މަންޒަރު ވިޑިއޯކޮށް މީސްމީޑިޔާގެ ތެރެއަށް ދޫކޮށްލާފައިވަނީ ފްލައިޓުގައި ދެން ތިބި ފަސެންޖަރުންނެވެ.

ވީޑިއޯއިން ފެންނަގޮތުން އެ ތުއްތު ކުއްޖާ އުދުހެން ބިރުގަތުމުގެ ސަބަބުން އެ ކުއްޖާގެ ބައްޕަ އާއި އެއް ގޮޑިއެއްގައި އިށީނދެ އިނުމަށް މަސައްކަތްކުރިކަމަށް ކިޔައިދީފައެވެ. އެހެންނަމަވެސް އެ ހިސާބުން ފްލައިޓް އެޓެންޑެންޓެއް އައިސް އެ ކުއްޖާ ހަމަޖެއްސުމަށްފަހު އަމިއްލަ ގޮޑީގައި ބޭންދުމަށް އެ ކުއްޖާގެ ބައްޕަ ކައިރީގައި ވަނީ ބުނެފައެވެ.

އެހާ ހިސާބުން އެ ކުއްޖާގެ ބައްޕަ އެ ކުއްޖާއަށް ޕޮޕްކޯން ގަނެދިނުމަށްފަހު އެ ކުއްޖާ އަމިއްލަ ގޮޑީގައި ބޭންދިކަމަށް ފްލައިޓްގެ ދެން ތިބި ފަސެންޖަރުން ކިޔައިދިންއިރު އެ ކުއްޖާ އެހިސާބުން ހުރީ ހަމަޖެހިފައިކަމަށްވެސް އެ ފަރާތްތަކުން ވަނީ ކިޔައިދީފައެވެ. އެހެންނަމަވެސް ފްލައިޓް އެޓެންޑެންޓުން އޭގެ ފަހުން އައިސް އެ އާއިލާ ފްލައިޓުން ފޭބުމަށް އެންގިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެ ކުއްޖާގެ ބައްޕަ އެ ކުއްޖާ ހަމަޖެއްސުމަށް މަސައްކަތްކުރަމުންދިޔަ ގޮތް ފްލައިޓް އެޓެންޑެންޓަކަށް ކިޔައިދިންއިރު އެހެން އަންހެން ފްލައިޓް އެޓެންޑެންޓެއް އެ ތުއްތު ކުއްޖާއާއި އަޑުގަދަކޮށް މުއާސަލާތްކޮށްފައިވާކަމަށް އެ ކުއްޖާގެ ބައްޕަ ވަނީ އެ އެޓެންޑެންޓަށް ކިޔައިދީފައެވެ. އެހާ ހިސާބުން އެ ފްލައިޓް އެޓެންޑެންޓް ވަނީ އެ އާއިލާގެ ދަބަސްތައް ހިފައިގެން ފްލައިޓުން ފޭބުމަށް އަމުރުކޮށްފައެވެ. އެ ކުއްޖާގެ ބައްޕަ ވަނީ ފްލައިޓް އެޓެންޑެންޓަށް އެ ކުއްޖާ މިހާރު ހުރީ ހަމަޖެހިގެންކަމަށް ކިޔައިދީ އެގޮތަށް އަމުރުކުރީ ކީއްވެތޯވެސް ސުވާލުކޮށްފައެވެ. އެކަމަކުވެސް ފްލައިޓް އެޓެންޑެންޓް ވަނީ އިތުރު ވާހަކަތަކެއް ނުދެއްކުމަށް އަންގައި އެ ފްލައިޓުން އެ އާއިލާއަށް ދަތުރުނުކުރެވޭނޭކަމަށް ބުނެފައެވެ. ދެން ފެނިގެން ދަނީ އެ ކުއްޖާގެ ބައްޕަ އެ ކުއްޖާ އުރައިގެން ފްލައިޓުން ފައިބާތަނެވެ.

އެ އާއިލާ ފްލައިޓުން ބޭރުކުރެވުނު މައްސަލައިގައި އެތައް ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި ހިތްހަމަނުޖެހުން ފާޅުކޮށް ސައުތުވެސްޓު އެއާލައިނަށް ފާޑުކިޔައިފައެވެ.