މިދިޔަ އަހަރު ޑިސެންބަރު މަސް ތެރޭގައި އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމްގެ ކެޕްޓަން ވިރާޓް ކޯލީއާއި ކައިވެނި ކުރި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާ ބަނޑު ބޮޑު ވެއްޖެތޯ ފޭނުން ސުވާލު އުފައްދައިފިއެވެ.

ފޭނުން މިގޮތަށް ސުވާލު އުފައްދާފައިވަނީ އަނުޝްކާގެ ފިރިމީހާ ވިރާޓް ކުރި ޓުވީޓްއަކާ ގުޅިގެންނެވެ. އެ ޓްވީޓްގައި ވިރާޓް ބުނެފައި ވަނީ، ވަރަށް ގިނަ ކަންތައްތަކެއް މިހާރު ހިނގަމުން އަންނަ ކަމަށާއި، ވާނުވާ އަދި ފަހުން ކިޔައިދޭނެކަމަށެވެ. މި ޓްވީޓާއެކު ގިނަ ބަޔަކު މިހާރު ދަނީ އަނުޝްކާ ބަނޑުބޮޑު ތޯ ސުވާލު އުފައްދަމުންނެވެ.

ބޮލީވުޑްގެ ލަވްބާރޑްގެ ގޮތުގައި މަޝްހޫރު މިދެމީހުންގެ ކައިވެންޔަށް އަދި ތިންމަސް ފުރިފައިނުވާއިރު، މިދެމީހުންގެ ކައިވެނީގެ ވާހަކަތައް އިންޑިޔާގެ ބޮޑަތި ނޫސްތަކުގެ ފަލަ ސުރުހީއަށް ވަނީ އަރާފައެވެ.