ޖަރުމަނުގައި އިސްލާމް ދީނަށް ޖާގައެއް ނެތްކަމަށް އެޤައުމުގެ އިންޓީރިއާ ކަންތައްތަކާބެހޭ މިނިސްޓަރކަމާ މިދިޔަ ހަފްތާގައި ހަވާލުވި ހޯސްޓް ސީހޮފާ ބުނެފިއެވެ.

މިނިސްޓަރ މިގޮތަށް ބުނެފަިވަނީ އެޤަމުގެ ނޫހަކަށް ދެއްވި ބަސްދީޤަތުމެއްގައެވެ. އެޤައުމުގެ ޗާންސެލަރ އެންގެލާ މާކަލްގެ ރެފިއުޖީގެ ސިޔާސަތަށް ނުރުހުންތެރިކަން މީގެ ކުރިންވެސް ފާޅުކޮށްފައިވާ ހޯސްޓް ބުނެފައިވަނީ އެޤައުމަކީ ކުރިސްޓިއަނުން ބިނާކުރި ޤައުމެއްކަމަށާއި އެޤައުމުގައި މުސްލިމުންނަށް ޖާގައެއް ނެތްކަމަށެވެ.

” އިސްލާމްދީން ޖަރުމަނަކަށް ނުފެތޭ. ޖަރުމަނަކީ ކުރިސްޓިއަނުން ބިނާކުރި ޤައުމެއް” މިނިސްޓަރ ބުނެފައިވެއެވެ.

މިނިސްޓަރ އިތުރަށް ބުނެފައިވަނީ ޖަރުމަނުުގައި މުސްލިމުންގެ ބަޔަކު ދިރިއުޅުނު ކަމުގައި ވިޔަސް އޭގެ މާނައަކީ ޖަރުމަނުގެ ޘަޤާފަތާއި އާދަކާދަ ބަދަލު ކުރަން ޖެހުނީ ނޫންކަމަށާއި  އެޤައުމުގައި ކާބަފައިންގެ ޒަމާނުއްސުރެވެސް އުޅެމުންއައީ ކުރިސްޓިއަނުންގެ އާދަތަކުގައި ހިފަހައްޓައިގެން ކަމަށެވެ.

މިނިސްޓަރުގެ މި ވާހަކަތަކާއި ގުޅިގެން ޖަރުމަންވިލާތުގެ ޗާންސެލާރ އެންގެލާ މާކަލް ވަނީ އެ ވާހަކަތަކާއި ދެކޮޅު ހަދައިފައެވެ. އެކަމަނާ ބުނެފައިވަނީ ޖަރުމަންވިލާތަކީ ކްރިސްޓިއަން ދީނުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާ ގައުމެއްކަމަށްވީނަމަވެސް، ޔަހޫދީ ދީނުގެ ފިކުރުވެސް ޖަރުމަންވިލާތުގައި އެބަ އޮތްކަމަށް ކަމަށާއި އިސްލާމުންގެ ފިކުރާއި ނުފޫޒްވެސް އެބައޮތް ކަމަށެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ޖަރުމަންވިލާތަކީ ހަތަރު މިލިއަން މުސްލިމުން ދިރިއުޅޭ ގައުމެއްކަމަށާއި އަދި މުސްލިމުންނަކީ ޖަރުމަންވިލާތަށް ނިސްބަތްވާ އެގައުމުގެ ބައެއްކަމަށާއި އަދި އެ ރައްޔިތުންނަށްވެސް އެމީހުންގެ ދީނާއި އެއްގޮތަށް އުޅުމުގެ މިނިވަންކަން އޮންނާނެކަމަށެވެ.

2015 ވަނަ އަހަރު އެންޖެލީނާ މާކެލްސްގެ އެންގެވުމުގެ މަތިން ޖަރުމަނުންވަނީ ހަނގުރާމައިގައި ހާލުގައި ޖެހިފައިތިބި ސީރިޔާގެ މުސްލިމުންނަށް ހިޔާވެހިކަން ދީފައެވެ. އަދި އެތައް މިލިޔަން މުސްލިމުންނެއް މިހާރު ޖަރުމަނުގައި ވަޒަންވެރިވެ ދިރިއުޅެމުންދެއެވެ.