ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ދަރިކަނބަލުން ހައްސާ ބިންތި ސަލްމާން ހައްޔަރުކުރުމަށް ފްރާންސްގެ ކޯޓަކުން އަމުރު ނެރެފިއެވެ.

ކޯޓުން ހައްސާގެ މައްޗަށް ދައުވާކުރަނީ އޭނާ ފްރާންސްގައި އުޅުއްވިއިރު އޭނާގެ އެޕާޓްމަންޓްގައި މަސައްކަތްކުރި މީހެއް ގައިގައި އޭނާގެ ބޮޑީގާރޑް ލައްވާ ޖެހި މައްސަލައިގައެވެ. މިމައްސަލަ ހަފްތާއެއްހާ ދުވަސް ކުރިން މީޑިޔާއަށް ފެންމަތިވި ނަމަވެސް މިމީހާ ހައްޔަރު ކުރަަން އަމުރު ނެރެފައިވަނީ މިދިޔަ އަހަރު ޑިސެންބަރ މަހުތެރޭގައެވެ

އަނިޔާ ލިބުނު މީހާ ބުނިގޮތުގައި އޭނާގެ ގައިގައި ހައްސާ އޭނާގެ ބޮޑީގާޑު ލައްވާ ޖެހީ ހައްސާގެ އެޕާޓްމަންޓްގެ ފޮޓޯއެއް ނެގި މައްސަލައިގައި ކަަމަށެވެ. އަދި އެ ފޮޓޯ ވިއްކަން އުޅުނުކަމަށް ތުހުމަތުކޮށްފައިވާކަމަށްވެސް މިމީހާ ބުނިއެވެ.

ހައްސާގެ ބޮޑީގާޑް އަނިޔާކޮށްފައިވަނީ ހޮޓަލް މަރާމާތު ކުރަންދިޔަ ޕްލަމްބަރު އަކަށެވެ. އޭނާ ކިޔައިދިންގޮތުގައި ހައްސާގެ ބޮޑީގާޑު ލައްވައި އޭނާ ބަނުމަށްފަހު އަނިޔާކުރި ކަމަށާއި އަދި ކުޑަކަކޫ މައްޗަށް ވެއްޓި ހައްސާގެ ފައިގައި ބޮސްދީ މާފަށް އެދެން މަޖުބޫރުކުރުވި ކަަމަށެވެ.

އެ ހާދިސާއަށްފަހު ހައްސާ ވަގުތުން އެނބުރި ސައުދީ އަރަބިއްޔާއަށް ވަޑައިގަތްކަމަށްވެސް މީޑިޔާ ރިޕޯޓްތަށް ބުނެއެވެ.