އެންމެ ދެރަވަނީ އާޖެންޓީނާގެ ގައުމީ ޓީމާއި އެކު މުބާރާތެއް ކާމިޔާބު ނުކުރެވުމުން ކަމަށާއި މިފަރުގެ ވޯލްޑްކަޕް އާރގެންޓީނާއެކު ކާމިޔާބު ކުރަން ބޭނުންކަމުގައޮ  ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

 ސްޕެއިންގެ ނޫހަކަށް މެސީ ދިން އިންޓަވިއުއެއްގައި މެސީ ބުނެފައިވަނީ ކުލަބު ފެންވަރުގައި ކާމިޔާބީތައް ހޯދުން ނަމަވެސް ގައުމީ ފެންވަރުގައި ކާމިޔާބީތައް ނުލިބުމަކީ ލިބޭދެރަވާ ކަމެއްކަމުގައެވެ. އަދި މެސީ ބުނެފައިވަނީ  މިއަހަރުގެ ވޯލްޑް ކަޕަކީ އޭނާއަށް މުހިންމު ކަޕްއެއްކަށާއި މިއީ އޭނާގެ އުންމީދު ހަގީގަތަކަށް ހެދުމަށް މުހިންމު އަހަރެއް ކަމަށެވެ. އަދި މެސީ ބުނެފައިވަނީ  އާޖެންޓީނާއާއި އެކު ވޯލްޑް ކަޕް ކާމިޔާބު ކުރަން ބޭނުންވާކަމަށެވެ.

މެސީއަށް ގައުމީ ފެންވަރުގައި ބޮޑު މުބާރާތެއް ކާމިޔާބު ކުރެވިފައިނުވާއިރު، 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރިއިރު ފައިނަލްގައި އެޓީމު ވަނީ ޖަރުމަނު އަތުންވަނީ ބަލިވެފައެވެ.

ގިނަ ބަޔަކު ޤަބޫލު ކުރާގޮތުގައި،މިހާރުވެސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މެސީ މިހާރު ހުރި ފޯމުގައި ވޯލްޑްކަޕުގައި ކުޅެފިނަމަ އާޖެންޓީނާއަށް ވޯލްޑްކަޕް ކާމިޔާބު ކުރަން އެއީ މާކަބޮޑު އުދަގޫކަމެއް ނޫނެވެ.