ފޮޓޯއިން ފެންނަ މަންޒަރު ވަރަށް ސާފެވެ. ދުނިޔޭގެ އެހެން ހިސާބަކަށް ނިސްބަތްވާ ކުއްޖަކު މަގުމައްޗަށް ކުޑަކަމުދަނީއެވެ. މިކަމުގައި އެކުއްޖާގެ މަދަދުޤާރަކީ  އަންހެނެކެވެ.ފެންނަފެނުމަށް ހީވަނީ މިއީ އެކުއްޖާގެ މަންމަހެނެއެވެ. މިފޮޓޯއަށް ފުން ނަޒަރަކުން ވިސްނާލައިފިނަމަ މިހާރު ތިޔަ ފެނިވަޑައިގަންނަވާ މަންޒަރަށް ވުރެ ބޮޑު އަދި މާކަ ފުން މަންޒަރެއް ސިފަވާނެކަން ޔަޤީނެވެ.

މިފޮޓޯ ފުރަތަމަ ފަހަރަށް މީސްމީޑިޔާގައި ދައުރުވާން ފެށުމާއެކު، ޤައުމަށް ހެއޮއެދޭކަމަށް ބުނެ ނަލަ ހެޔޮ ފޭރާމަކުން ޒީނަތްތެރިވެގެންތިބި ސިޔާސީ އެކްޓިވިސްޓުން މިފޮޓޯގައި ސިޔާސީ ކުލަ ޖައްސާލިއެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކުން މިފޮޓޯ “ޔޫސް”ކޮށްލީ ސިޔާސީ ބޮޑު ހައިޖާނެއް ހިންގުމަށެވެ. މިއީ ސަރުކާރުން ޗައިނާއާ ބާއްވަމުން ގެންދާ ގާތްގުޅުމުގެ ސަބަބުން ދިމާވާ ކަންތައްތަކެއް ކަމަށް ބުނެ ޓުވިޓަރގައި ވިވެރިން އަޑުގަދަކޮށްލިއިރު، ހަމަ އެ ގިޔަރުގައި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން މިކަން “ޖަސްޓިފައި” ކުރުމަށް މަސައްކަތްކޮށްގަތެއެވެ.

އެހާ ހިސާބުން މިފޮޓޯގެ އަސްލު އޮޅި ދިވެހި ރައްޔިތުން މިފަދަ ކަންކަމުން ލިބިގަންނަންޖެހޭ އިބުރަތުން މަޙްރޫމް ވެގެން ދިޔައެވެ. އެހެންނަމަވެސް މިފަދަ މައްސަލައަކީ ޓުވިޓަރގައި ކޮށްލާ ޓުވީޓްއަކުން ނިންމާލެވެން އޮތްވަރަށް ވުރެ ބޮޑަރި މައްސަލަ ތަކެވެ. މިކަމާމެދު ވިސްނާ ވާހަކަ ދައްކާ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންތަކާމެދު މަޝްވަރާ ކުރަން ޖެހިފައިއޮތް މައްސަލައެކެވެ.

ސީދާ ޕޮއިންޓްއަށް ދަމާ ހިގާށެވެ. ދައްކަން މިއުޅެނީ ފޮޓޯގައި ފާރުގައި ލެގިލައިގެން އެހެރަ ޒުވާނާއާއި މިފޮޓޯ މީސްމީޑިޔާއަށް ދޫކޮށްލި މީހާގެ ވާާހަކައެވެ. ދިވެހިންެގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ފަރުދީ ޒިންމާގެ ވާހަކަ ދައްކައެވެ. މުޖުތަމައަށް ތިމާކޮށްދެންޖެހޭ ކަންތައްތަކެއްގެ ވާހަކަ ދައްކައެވެ. އެހެންނަމަވެސް، ފަރުދީ ޒިންމާއަކީ ވަރަށް “ހައިޕޯކުރަސީ” އެއްތާއެވެ. ހަމަގައިމުވެސް ދިވެހިންގެ ތެރޭގައި މިކަން އޮންނަ ގޮތަކީ މިއީއެވެ. މިހެން މިދެންނެވި ސަބަބައް ބަލާލަމާ ހިގާށެވެ. މިފޮޓޯ ވައިރަލް ވެގެން ދިޔައިރު ވަރަށް ގިނަ ދިވެހި ޕޭޖްތަކުގައި މިފޮޓޯ ޕޯސްޓް ކުރެވިފައި ހުއްޓެވެ. ގިނަ ދިވެހިންނަށް މިކަންވީ ބޮޑު ޖޯކަކަށެވެ. އަނެއްބައި މީހުނަށް މިއަކީ މާކަބޮޑު ކަމަކަށް ނުވިއެވެ. ހަމަ އެފޮޓޯގައި އެހެރި މީހާގޮތަށެވެ. “ނަން އޮފް މައި ބިޒްނަސް” ތާއެވެ.

އެހެންނަމަވެސް މިއީ މިކަން ހަމަ ހިގަންވީ ގޮތް ހެއްޔެވެ. ނޫނީ އެކުއްޖާ މަގުމަށްޗަށް ކުޑަކަމުދިޔައިރު އެކުއްޖާ ކުރެން އެގޮތަށް އެކަން ނުކުރުމަށް ނަސޭހަތްތެރިވުން އެއީ ތިމާއަދާ ކުރަންޖެހޭ ޒިންމާއެއް ގޮތުގައި ނުދެކެވުނީ ކީއްވެގެން ހެއްޔެވެ؟ އެއީ ރާއްޖޭ ކުއްޖަކަށް ނުވީމާ ހެއްޔެވެ؟ ނޫނީ ހަމަ ތިމާއާ ބެހޭކަމެއް ކަމަށް ނޫންކަމަށް ޤަބޫލު ކުރެވުނީ ހެއްޔެވެ؟

ފާރުގައި ލެގިލައިގެން ހުރި މީހާގެ ވާހަކަ އެއްފަރާތުގައި ބާއްވާ، ފޮޓޯ މީސްމީޑިޔާއަށް ދައުރުކޮށްލި މީހާއަށް ބަލާލަމާ ހިނގާށެވެ. ތަފާތު މީހެއްތާއެވެ. އެހެންނަވެސް އެފޮޓޯގެ ތިރީގައި ލިޔެފައިއޮތް ލިޔުންކޮޅުން މިމީހާގެ މަޤްސަދާމެދު ކަންބޮޑުވެއެވެ.

ލައްކަ ޝަކުވާ ކުރެވިއްޖޭތާއެވެ. ނިންމާލަމާ ހިގާށެވެ. އެކަމަކު ބުނެލަން ބޭނުންވާ އެއްވާހަކައެބައޮތެވެ. ގައުމުގައި މިއުޅޭ ބިދޭސީންގެ ސަބަބުން ދޭސީންނަށް އަސަރު ކުރާނެކަން ޔަގީނެވެ. މިހެންވެ،މިފަދަ ކަންކަން ވިޔަ ނުދީ ހުއްޓުވުމަކީ އެންމެންގެވެސް ޒިންމާާއެކެވެ. ޒިންމާ އަދާކުރަމާ ހިގާށެވެ.